ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ޖޫނިއާ ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.
މިއަދު ހެނދުނު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ވައިލެޓް ހައުސް އާއި ބްލޫ ހައުސް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ވައިލެޓް ހައުސްއެވެ. ވައިލެޓް ހައުސްގެ ދެ ގޯލް ވެސް ކާމިޔާބު ކޮށްދިނީ ޓީމްގެ ކެޕްޓަން އަދި ގުރޭޑް 7ބީ ގެ ދަރިވަރު ޔޫސުފް ނިޔާޒެވެ. ދެވަނަ މެޗުގައި ޔެލޯ ހައުސްއާ ވާދަކޮށް 1-0 އިން ރެޑް ހައުސް މޮޅުވީ، ގުރޭޑް 7ބީ ގެ ދަރިވަރު ބައްސާމް ނައީމް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
މާދަމާ ހެނދުނު ޖޫނިއާ ބައިގައި ކުޅެވިގެން ދާ މެޗުތަކުން ފުރަތަމަ މެޗުގައި ވައިލެޓް ހައުސް އާއި ރެޑް ހައުސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްލޫ ހައުސް އާއި ޔެލޯ ހައުސްއެވެ. ވައިލެޓް ހައުސް އާއި ރެޑް ހައުސް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކު ފައިނަލަށް ދާއިރު ބްލޫ ހައުސް އާއި ޔެލޯ ހައުސް ބައްދަލުކޮށް ބަލިވާބަޔަކު މުބާރާތުން ކަޓާނެއެވެ.
ސީނިއާ ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު ރެޑް ހައުސް އާއި އެންމެ ފަހުގެ ޗެމްޕިއަން ވައިލެޓް ހައުސްގެ މެޗުންނެވެ.