ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ސީނިއާ ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.
މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔެލޯ ހައުސް އާއި ބްލޫ ހައުސް އެވެ. މެޗުގެ ވަރަށް ކުރީކޮޅު ޔެލޯ ހައުސް އަށް ގުރޭޑު 10ބީ ގެ ރަޝްފާން ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގުރޭޑް 12ބީ ގެ ހުސެއިން ނަޒީހު އަދި 11ސީ ގެ ރަބީއު ދާއޫދުގެ ލަނޑުތަކުން ބްލޫ ހައުސް ވަނީ 2-1 އިން ފަހަތުން އަރާ ލީޑު ނަގައިފައެވެ. 3-1 އިން ބްލޫ ހައުސް ކާމިޔާބުކުރި މި މެޗުގައި ބްލޫ ހައުސް ގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ 12އޭ ގެ އަފްހަމް ރަޝީދެވެ.
ސީނިއާ ބައިގައި މާދަމާ ހަވީރު ކުޅެވިގެން ދާނީ ވައިލެޓް ހައުސް އާއި ރެޑް ހައުސް ބައްދަލުކުރާ މެޗެވެ.