އޭދަފުށީ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާހުކޮށްފި

އޭދަފުށީ ކައުންސިލް އިދާރާގެ ވެބްސައިޓް ކޮމިޔުނިކޭޝަން މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ

ބ. އޭދަފުށީ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ޑޮކްޓަރ އަޙްމަދު ޝަމްހީދު އިފްތިތާޙު ކޮށްދެއްވައިފި އެވެ.

ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާ އޭދަފުށީ ކައުންސިލްއިދާރާ ގުޅިގެން އޭދަފުށީގައި އިއްޔެފެށި ޓެލެކޮމް ފެއަރ 2012 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އިފްތިތާޙް ކޮށްދެއްވި މި ވެބްސައިޓްގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިނގާގޮތުގެ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށްދިނުމާއި ރައްޔިތުންނާއި ގާތުން ޚިދުމަތްދިނުމާއި މަޢުލޫމާތު ލިބިދިނުމުގައި ފަސޭހަގޮތްތައް ތަޢާރަފުކުން ކަމަށް ކައުންސިލުން ބުނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ، އެ ކައުންސިލުން ގަސްދުކޮށްފައިވަނީ ކައުންސިލާއި ޝެލް ޓެކްސޮލިއުޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާ ގުޅިގެން ކައިރި މުސްތަޤުބަލެއްގައި ދިވެހިރާއްޖޭގެ ފުރަތަމަ ޓްރާންސް ޕޭރަންޓް ކައުންސިލަކަށް އެ ކައުންސިލް ހެދުމަށެވެ.

އޭދަފުށީ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދީފައިވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެގޮތަށް ޝެލް ޓެކް ސޮލިއުޝަންސް އިންނެވެ. ވެބްސައިޓްގެ އެޑްރަހަކީ http://www.eydhafushi.gov.mv އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.