ސީނިއާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މިއަދު ހަވީރު

11111

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2014 ވަނަ އަހަރުގެ އިންޓަހައުސް ފުޓުބޯޅަ މުބާރާތުގެ ސީނިއާ ބައިގެ ފައިނަލުގައި ބްލޫ ހައުސް އާއި ވައިލެޓް ހައުސް މިއަދު ބައްދަލު ކުރާނެއެވެ.

ބްލޫ ހައުސް ފައިނަލުން ޖާގަ ހޯދީ މިދިޔަ އާދިއްތަ ދުވަހު ރެޑް ހައުސް އާ ކުޅެ، 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ބްލޫ ހައުސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު އަފްރާހެވެ.

ޔެލޯ ހައުސް މުބާރާތުން ކެޓީ ކުޅުނު ދެމެޗުން ވެސް ބަލިވެގެންނެވެ. މުބާރާތް ހުޅުވި މެޗުގައި ބްލޫ ހައުސް އަތުން 3-1 އިން ބަލިވި އިރު އަންގާރަ ދުވަހު ވައިލެޓް ހައުސް އަތުން ވެސް ވަނީ 3-1 އިން ބަލިވެފައެވެ. މި މެޗުގައި ވައިލެޓް ހައުސްގެ އަހުމަދު ހުމެއިދް ވަނީ ހެޓްރިކް ހަދައިފައެވެ. ޔެލޯ ހައުސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިޔާނެވެ.

12121221ވައިލެޓް ހައުސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރެޑް ހައުސް އަތުން 3-1 އިން މޮޅު ވެގެންނެވެ. އަހުމަދު އިއްފާން، އަހުމަދު ހުމެއިދު އަދި މުހަންމަދު ނަޒުވާން ވައިލެޓް ހައުސްގެ ލަނޑުތައް ކާމުޔާބު ކޮށްދިން އިރު ރެޑް ހައުސް އަށް ސުން ކަނޑުވާލައިދިނީ ފަހުވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހަންމަދު ހައިޝަމެވެ. މި މުބާރާތުގެ ދެވަނަ މެޗުގައި ރެޑް ހައުސްއާއި ވައިލެޓް ހައުސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ ރެޑް ހައުސް އެވެ. ވައިލެޓް ހައުސްގެ ލަނޑު، ރެޑް ހައުސްގެ އިސްމާއިލް ޝަރީފް އަތުން ބައިކޮޅަށް ވަތް އިރު، ރެޑް ހައުސް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މުހަންމަދު ޝަނޫނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.