ވައިލެޓް ހައުސް ތަށި މިލްކުކޮށްފި

ވައިލެޓްހައުސް ޗެމްޕިއަން ޓްރޮފީ އާއެކު
ވައިލެޓްހައުސް ޗެމްޕިއަން ޓްރޮފީ އާއެކު

ޖައްސަޖައްސައިގެން ތިން އަހަރު ތަށިހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިޔާ ގްރޫޕުގެ ތަށި ވައިލެޓްހައުސް މިލްކުކޮށްފި އެވެ.

ބްލޫހައުސް އާއި ބައްދަލުކޮށް ވައިލެޓްހައުސް މޮޅުވީީ 2-1 އިންނެވެ.

މުބާރާތުގެ ސީނިއާ ގްރޫޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވައިލެޓް ހައުސްގެ އަހުމަދު ހުމައިދުގެެ އިތުރުން ރެޑް ހައުސްގެ ގޯލް ކީޕަރު ސާއިދު އަބޫބަކުރު އާއި އެ ޓީމުގެ މުހައްމަދު ސަނޫންގެ އިތުރުން ބްލޫ ހައުސްގެ މުހައްމަދު ޔަމާން އާއި ރަބީއު އަހުމަދު އެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަންވެސް ހޯދައިފައިވަނީ ވައިލެޓް ހައުސް އެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އެ ޓީމު ހޯދީ ބުރާސްފަތި ދުވަހު ކުޅުނު ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި ޝޫޓް އައުޓްގައި 2-4 އިން ރެޑްހައުސް ބަލިކޮށްގެންނެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.