ރުވާ ސްޕޯޓްސް އާއި އިންޑޯ ސްޕޯޓްސް ބައްދަލުކުރާ މެޗުން އޭދަފުށީ ދާއިރާގެ ފުޓްސަލް މުބާރާތް މިރޭ މާލޭގައި ފަށާނެ އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ 10 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ރުވާ ސްޕޯޓްސް އާއި އިންޑޯ ސްޕޯޓްސް އާއި ހުދުފޮށާ އަދި އެލިގެންސް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ބަރާބަރު އާއި އެފްސީ ރުއްގަނޑު އަދި އެފްސީ ލިލީސް އެވެ. ގްރޫޕް ތިނެއްގައި ހިމެނެނީ އުފާވެރިކަން އާއި ޔުނައިޓެޑް ވީ އަދި ލޯންގް ސްޓްރީޓް ބޯއީސް އެވެ.
މާޗު 2 އިން 5 ގެ ނިޔަލަށް ހެންވޭރު އަޑި ޕާކް ޕާކް ދަނޑުގައި ބާއްވަން ހަމަ ޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނާއަޕް ޓީމަށް 2500 ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.
މުބާރާތުގެ މެޗުތައް ރޭގަނޑު 8 އިން މެންދަމު 12 އަށް ކުރިއަށްދާނެ އެވެ. ފައިނަލް މެޗު އޮންނާނީ މާޗު 5 ގަ އެވެ.