އޭދަފުށީ ދާއިރާގެ ބަހުސް އަންނަ ހޯމަދުވަހު

އެމްބީސީގެ ބަހުސް ޓީވީއެމްގެ ޕްރެޒެންޓަރު ހީނާ ވަލީދު ހުށަހަޅައިދެއްވަނީ: އޭދަފުށި ދާއިރާގެ ބަހުސް އޮންނާނީ ހޯމަ ދުވަހު-- ހަވީރު ފޮޓޯ
އެމްބީސީގެ ބަހުސް ޓީވީއެމްގެ ޕްރެޒެންޓަރު ހީނާ ވަލީދު ހުށަހަޅައިދެއްވަނީ: އޭދަފުށި ދާއިރާގެ ބަހުސް އޮންނާނީ ހޯމަ ދުވަހު– ހަވީރު ފޮޓޯ

 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، މޯލްޑިވްސް ބްރޯޑްކާސްޓް ކޯޕަރޭޝަން (އެމްބީސީ)ގެ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމުން މިހާރު ކުރިއަށްގެންދާ “މަޖިލިސް ބަހުސް 2014” ގެ އޭދަފުށީ ދާއިރާގެ ބަހުސް އަންނަ ހޯމަދުވަހު އޮންނާނެ އެވެ.

އެމްބީސީގެ ބަހުސް ޝެޑިއުލުގައި ވާގޮތުން އޭދަފުށީ ދާއިރާގެ ބަހުސް ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:30، އަށެވެ.

އެ ބަހުސް ފެށިގެންދާނީ ކެންޑިޑޭޓް ތައާރަފްވުމަށް ދެވޭ ވަގުތު ކޮޅަކުންނެވެ. އެއަށް ފަހު ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަ ސުވާލެއް ކުރެ އެވެ. އަދި ނިންމުމުގެ ގޮތުން ކޮންމެ ވެސް އެއްޗެއް ބުނެލުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ދެ އެވެ.

2008 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ވެސް ޓީވީ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން އޭރު ވަނީ ބަހުސް ތަކެއް ބާއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.