ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް އާ ލޯންޗެއް

ޔޫސުފް ސްޕީޑުގެ ދަތުރުތަކަށް ގެނައި އާ ލޯންޗު

ބ. އަތޮޅުގައި ފެރީ ލޯންޗުގެ ޚިދުމަތްދޭ ޔޫސުފް ސްޕީޑުން މާލެ އާއި އޭދަފުއްޓާ ދެމެދުކުރާ ފެރީ ދަތުރުތަކަށް އިތުރު ލޯންޗެއް ގެނެސް ދަތުރުތައްފަށަން ތައްޔާރުވެއްޖެ އެވެ.

ޔޫސުފް އެކްސްޕްރެސް އިން އަލަށް ގެނައި ލޯންޗަށް ކިޔަނީ “ޔޫސުފް އެމްޕެރަރ” އެވެ.

2017 އަހަރު ފެރީގެ ހިދުމަތްދޭން ފެށި ޔޫސުފް ސްޕީޑުން އާ އަހަރާ ދިމާކޮށް މާދަމާ ދަތުރުތައް ފަށާ މި ލޯންޗަކީ މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރުމަށް ހާއްސަކުރާ ލޯންޗެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު އެ ކުންފުނިން ބޭނުންކުރަނީ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

60 މީހުންގެ ޖާގައިގެ މި ލޯންޗުގެ ސީޓުތަކަކީ ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ދަތުރު ކުރެވޭނެ ހެން ތައްޔާރުކޮށްފައިވާ ސީޓުތަކެކެވެ.

ޔޫސުފް ސްޕީޑުން ވާހަކަދެއްކި އަހްމަދު ޔޫސުފް އީޓީ އާ ވާހަކަދައްކަމުން ބުނީ އަލަށް ދަތުރުތައް ފަށާ ލޯންޗުގައި ބޮޑެތި ބަދަލުތަކެއް ހުންނާނެކަމަށާއި، ކަސްޓަމަރުން ހިތްހަމަޖެހޭ ރަގަޅު ހިދުމަތްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

“މި ލޯންޗުގައި ދަތުރުކުރާ ހުރިހާ ޕަސެންޖަރުންވެސް ވާނީ އިންޝުއާ ކުރެވިފައި، ޝީޓްތައް ބޮޑެތިވެފައި ތަނަވަސް ވާނެ، އަދި ރިފްރެޝްމެންޓާއެކު ޝޯޓްއީޓް ވެސް ލިބޭނެ، އަދި ފްރީ ވައިފައި ވެސް ހުންނާނެ،”

ޔޫސުފް ސްޕީޑުން ބުނީ ޖާގައިގެ ގޮތުން ތަނަވަސް ލޯންޗެއްގެ ހިދުމަތް ފެށީ އެއްފަހަރާ ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ޔޫސުފް ސްޕީޑުގެ ހިދުމަށް ވީހާވެސް ފުޅާކޮށް އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޔޫސުފް ސްޕީޑުގެ ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.