ފަސޭހަކަމާއެކު އޭދަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ: ރޮޒެއިނާ

ރޮޒެއިނާ އާދަމް
ރޮޒެއިނާ އާދަމް

 

ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަކީވެސް ފަސޭހަކަމާއެކު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ދާއިރާއެއްކަމަށް މިއަހަރު އަލަށް އުފެއްދި ސ މީދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

 

އޭދަފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިންގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މިދިޔަ ބުދަ ދުވަހުގެރޭ ރޮޒެއިނާ ވިދާޅުވީ އޭދަފުށީ ދާއިރާގެ ހުރިހާ އެމްޑީޕީ މެންބަރުން އެކަތިގަނޑަށްވެގެން، އެކައްޗެއް ކިޔައިގެން ހިސާން ހޮވަން މަސައްކަތް ކުރައްވައިފިނަމަ، އޭދަފުށީ ދާއިރާގެ ގޮނޑި ދެން އިންނާނީ ރީނދޫ ކުލައިގަ ކަމަށެވެ.

 

“އެންމެން ގުޅިގެން ހިސާން ހޮވަން މަސައްކަތް ކުރައްވައިފިކަމަށް ވަންޏާ އަޅުގަނޑަށް ޔަގީން އޭދަފުށީ ދާއިރާގެ ގޮނޑި އިންނާނީ ހަމަ ރީނދޫ ކުލައިގައި. އަޅުގަނޑުމެން އިރާދަ ކުރެއްވިއަޔާ އެކަން ކުރާނަން. އިރާދުކުރެއްވިއްޔާ އަޅުގަނޑު ދެން މިރަށަށް (އޭދަފުއްޓަށް) އަންނާނީ ހިސާން ހޮވިގެން އެކަން ފާހަގަ ކުރުމަށް،” ރޮޒެއިނާ ވިދާޅުވި އެވެ.

 

ރޮޒެއިނާ ވިދާޅުވީ މިހާރު ކެންޑިޑޭޓުން ނުކުމެފަތިބި ގޮތަށް ބަލާއިރު ކޮންމެ ދާއިރާއަކީވެސް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ތިން ހަތަރު ކެންޑިޑޭޓުން ނުކުމެއްޖިއްޔާ އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ދާއިރާތައް ކަމަށެވެ.  

 

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އެހާ ޔަޤީންކަން ބޮޑުއިރު މި ދާއިރާ އަށް ރޮޒައިނާ ކުރިމަތި ނުލެއްވީ ކީއްވެބާ؟އޭރުން އިތުރަށް ބޭކާރު ބަސްތައް އިއްވަން ހުރެވިދާނެ ކަމަށް ފެނޭ.

    ރައްދު
  2. naseer

    މަކުރިންވެސް ބުނީމެންނު މިއީޓީގައި އުޅެނީ ރީދޫ ހުންޖެހިގެން އުޅޭ ބަޔެކޭ، ބަލަ ކޮބާ ރޭވެސް ސަލީމްގެ ކެމްޕޭން ޚާޢްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އަދިވެސް މިއަކަށް އެއްވެސް ޚަބަރެއް ނުވެއެއްނު. އެކަމު އެބައިގަޑުގެ ކަމެއްވިއްޔާ ވަރަށް އަވަސްވާނެ. ލަދު

    ރައްދު
  3. އަލީ

    މީދެންކާކުތަ ހިސާންއަށް ގޮޑި ހޯދަން . ޔަގީންވަނީދޯ މިހާރު ގޮޑިނުލިބޭނެކަން. ދެން މިރަށަށް އެރިޔަސް ކުޅިދައްކާލާނަން.

    ރައްދު
  4. naseer

    ސަލީމް އީޓީ ހިންގުމަށް ކިތަންމެ ޚަރަދެއް ކުރިޔަސް އީޓީގަ ތިބި މީހުންވާނީ ހަމަ އެމީހުންނަށް. ލޭގަ ހުރި ރީދޫ ކުލައެއް ބަދަލެއް ނާންނާނެ. އެމީހުން ކުރާ ހުރިހާ ކަމެއް ބަރާބަރަށް ގެނެސްދޭނެ. މިއީ ހަޤީޤަތަކީ ތިމީހުންގެ ފަރާތުން ސަލީމަށްވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ވައްސަލާމް އަލައިކުމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.