ހުސް ވައުދުތަކެއް ނުވާނަން: ސަލީމް

ސަލީމް
ސަލީމް

 

އަމިއްލައަށް މެނިފެސްޓޯއެއްނެރެ، އޭގައި ހިތަށްއެރިހާ ވާހަކަތަކެއް ލިޔެގެން ހުސް ވައުދުތަކެއް ނުވާނެ ކަމަށް އޭދަފުށީ ދާއިރާގެ ގޮޑިއަށް ދެވަނަ ދައުރަށް ކެމްޕޭން ކުރައްވަމުންގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމު) ވިދާޅުވެއްޖެ އެވެ.

ސަލީމުގެ ސަޕޯޓަރުން ރޭ އޭދަފުށީގައި ބޭއްވި ކަންމަތީ އެއްވުމެއްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދޮގުހަދައިގެ ރައްޔިތުންނަށް އޮޅުވާލައިގެން އެއްވެސް މަންފާއެއް ހޯދަން އޭނާ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

“އަޅުގަނޑުމެންނަކީ ހުސް ވައުދުތަކެއްވާ ބައެއްނޫން، އަޅުގަނޑުމެން ދައްކާނީ އަޅުގަނޑުމެންނަށް ކުރެވޭ ކަންތަކުގެ ވާހަކަ،” ސަލީމް ވިދާޅުވި އެވެ.

އޭދަފުށީގެ ތަރައްގީއަށް ކުރިއަށް ރޭވުފައިހުރި މަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ އޭދަފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކޮށްދެއްވާ ފަރާތުން އެކަމަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި މިހާރު އޯޑަރުދީފައިވާ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ، ދަނޑުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ބިންހިއްކުމުގެ މަޝްރޫއާބެހޭގޮތުން ސަލީމް ވިދާޅުވީ އެކަމަޑޭޝަން ބޯޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި ހިއްކާ ބޯޓް މިހަފްތާތެރޭ ރާއްޖެ އަންނާނެ ކަމަށެވެ.

“ފުރަތަމަ ބޯޓު ދާނީ މީދޫއަށް. ހައެއްކަ ދުވަހުގެ ތެރޭ މީދޫ ހިއްކުމަށްފަހު ބޯޓް ދެން އަންނާނީ އޭދަފުއްޓަށް، އޭގެ ކުރިންވެސް ކަމާބެހޭ ތަކެތި އޭދަފުއްޓަށް އަންނާނެ. ހިއްކުމާ ދޭތެރޭ އެއްވެސަ ޝައްކެން ނެތް.” ސަލީމު ވިދާޅުވި އެވެ.  “ހިއްކާ ނިމޭއިރަށް ސަރުކާރުން ވިހި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރުވެސް އޮތީ ކަނޑައެޅިފައި. ހިއްކާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިރަށުގެ މަގުތައް ހަދަން ފެށޭނެ،” މިހާރުވެސް އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދަވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޭދަފުށީ ފެނުގެ ނިޒާމުގެ މަސައްކަތްވެސް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތްވެސް ކުރިއަށްއޮތް ދެތިން ހަތަރު މަސްތެރޭ ފެށިގެންދާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. riza

    ވައުދު ވާނެކަމެއްނެތް ވައުދު ނުވާނެކަމެއްވެސްނެތް ފަސްއަހަރު ނިމިދަނީ ، ވީކަމެއްވެސްނެތް އަޅެ ބުނެބަލަ ވައުދެއްވީމުތަ ވީނަމަތާ ފުއްދަންޖެހޭނީ .ދާއިރާގެ ތިންރަށަށް ބައްލަވާ … މިހާރުތިގެންދާ ގޮތްރަގަޅު މުޖުތަމައަށްވުރެން ފަރުދުންނަށް އިސްކަންދިނުން ރަގަޅުވާނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.