ވަޖީހުގެ ތާއީދު ރެޑްވޭވް ސަލީމަށް

ވަޖީހު، އޭނާ މިފަހަރު ސަލީމަށް ތާއީދު ކުރަންވަނީ ނިންމވާފައި
ވަޖީހު، އޭނާ މިފަހަރު ސަލީމަށް ތާއީދު ކުރަންވަނީ ނިންމވާފައި

 

2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ވަޖީހު މިފަހަރު ޕީޕީއެމް ޓިކެޓްގައި މިދާއިރައަށް ވާދަކުރައްވާ އަހްމަދު ސަލީމަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ސަލީމުގެ ސަޕޯޓަރުން ރޭ އޭދަފުށީގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އޭދަފުށީގެ ކުރިމަގު އުޖާލާވެ، ރަށަށް ހިނިތުންވުން ގެނެސްދޭނީ މިފަހަރުވެސް ސަލީމު ހޮއްވަވައިގެން ކަމަށެވެ.

“މިދިޔަ އިންތިހާބުގައި އަޅުގަނޑަށް ލިބުނު ތަރުހީބު ވަކި ކުޑައެއް ނޫން. އެހެން ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އޭދަފުށީގެ ތާއީދު އަދިވެސް އޮތީ ހަމަ ސަލީމަށްކަން، އަޅަގަނޑު މިދިޔަ ފަހަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ރައްޔިތުން މަޖިލީހުގެ ގޮނޑީގައި އޭދަފުށީ ދާއިރާ ތަމްސީލު ކުރައްވަން އިންނަވާ ބޭފުޅާ މަންމަން ބޭފުޅެއްގެ ގޮތުގައި އިންވާތީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ނިޔަތުގައި، ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑަށް ފެނުނީ ސަލީމްގެ ފަރާތުން ރައްޔިތުންގެ ހައްގުގައި، ޚާއްސަކޮށް އޭދަފުށީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާތަން،” ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އޭދަފުއްޓަށްލިބޭ ކުރިއެރުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވަނީ އަހުމަދު ސަލީމުކަމަށާއި އޭދަފުއްޓަށް ޚާއްސަގޮތެއްގައި ކަމެއް ކޮށްދެވޭނީ ސަރުކާރުގެ ފަރާތުން އަންނަ ނުވަތަ ކޯލިޝަންގެ ފަރާތުން އަންނަ މީހަކަށް ކަމަށެވެ.

“އިދިކޮޅު ފަރާތުން އަންނަ މީހަކަށް ރައްޔިތުންނަށް ކަމެއްކޮށެއް ނުދެވޭނެ. ސަލީމަކީ އަޅުގަނޑާ ވަރަށް ގާތް އެކުވެރިއެއް. ސަލީމުގެ ރައްޓެހިންނަކީވެސް އަޅުގަނޑާ ވަރަށްގާތް އެކުވެރިން. އެހެންވީމާ އަޅުގަނޑު ސަލީމަށް ތާއިދު ކުރަން މިފަހަރު މި ނިންމީ،” ކުރިން އީޓީގެ ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ސަލީމަށް ވޯޓްދޭން ނިންމީ އެމްޑީޕީ ތިލަފަތުގެ ހަމަހަކަން ގެއްލި، ތިލަފަތް އެއްފަރާތަކަށް އަރިވީމަ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ސަލީމު މިދާއިރާގެ ގޮނޑިއަށް ކުރިމަތިލާހާ ހިނދަކު ސަލީމުގެ ފަހަތުގަިއ ހުންނަވާނެ ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.

“އެހެން ނަމަވެސް ސަލީމް ކުރިމަތި ނުލައްވާނަމަ ތިޔަ ބޭފުޅުން އަރިހަށް އަޅުގަނޑު ދާނަން،” ވަޖީހު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. Ahmed Rasheed

    ސާބަހޭ ނަޞީރު، ޑަބިޔާ ޑަބިޔާގަ މަސްތުވާތަކެތި އުފުލި މީހުންނާ، އެޕާރޓްމަންޓްގަ “ހަކުރު” ބަންދުކޮށް ޕެކެޓް ހަދައި، “ބުލެޓް ވިއްކަމުން ދަޔަހިނދު ރެޑްހޭންޑް ކޮށް ޕޮލިހުން އަތުލައިގަތް މީހުންނާ، ވިހަ ކެމިކަލް ގުދަންކުރި މީހުން ތިބީ ކޮން “ޢިއްޒަތްތެރި މެމްބަރެއްގެ ކެމްޕޭނުގެ ކުރީސަފެއްގައިތޯ.

    ރައްދު
  2. naseer

    އޭދަފުށީގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިދިޔަ 5 އަހަރު ދުވަހު ގިނަވުން އެއީ ސަލީމްއާއި އެއްވެސް ވަރަކަށް ގުޅުމެއް ހުރި ކަމެއްނޫން. އެއީ ކެނެރީގޭ ނަޝީދު ބޯން ޖެހޭނެއޭ ބޯންވާނެއޭ ބުނެ މަސްތުވާތަކެތި ބޭނުން ކުރުމަށް ދިވެހިރާއްޖޭގެ ރައީސްއަކަށް ހުރެ ދިން ހިތްވަރެއްގެ ސަބަބުން އެކަމުގައި ޖެހިފައިވާ ކުދިންކޮޅެއް. މިކަން އޭދަފުށީގެ އެންމެހާ ރައްޔިތުން ހެޔޮހިތުން ޤަބޫލުކުރާނެ. އަދި މިއަދުވެސް އޭގެން ގިނަ ކުދިން އެއުޅެނީ ރީދޫ ހުންޖެހިގެން ސަލާމަތް ނުވެވިގެން. ހާދަހާވާ ދެރަކަމެކޭ. ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ސަލީމްވެސް ހުރީ އެހުމުގައި ޖެހިފައި. ކިރިޔަ ކިރިޔާ އޭނާވެސް އެހެރީ ސަލާމަތްވެފައި.

    ރައްދު
  3. Ahmed Rashyd

    “ސިޔާސީ އަވާމެންދުރު” ގައި މަރިޔަމް ސީނާ ފަދަ، ވިސްނޭ ކުދީން ނުޖެހުމަށް ނަޞޭޙަތްތެރިވަމެވެ. 07 ފެބްރުއަރީ 2012 ގައި ބަދަލުވެގެންދިޔަ ސިޔާސީ އޮއިވަރުގަ، ޑޮކްޓަރ ވަޙީދު ރައީސް ކަމުގަ ހުންނަވައިގެން، އޭދަފުށީ ރައްޔިތުންގެ ވޯޓު ހޯދުމަށް އެ ރައްޔިތުންނަށް ވިއްކާލި އާދަޔާ ޚިލާފު ފިކުރަކީ، އޭދަފުށީގެ ދެކުނުން އޮންނަ “މާއްޑޫ” އޭދަފުށި ކައުންސިލަށް ދެއްވުން، މިހާރު ކޮބާތޯ މާއްޑޫ، މަރިޔަމް ސީނާ އަށް އެގިލައްވާތޯ؟
    ވޭތުވެދިޔަ 5 އަހަރު ރައްޔިތުންގެ މަޖްލިސްގަ އޭދަފުށިދާއިރާ، ނުވަތަ އޭދަފުށީގެ ނަން، ސަލީމަށް ކިޔާލެވުނީ، ހަމަ އެންމެ 3 ފަހަރު، “އަހަރަކަށް ހަފަރެއްވެސް” ނުޖެހޭ. ރައްޔިތުން މަޖިލީހުން ފާސްކުރާ އަހަރީ ބަޖެޓުގަ، އޭދަފުށްޓަށް ނުވަތަ ދާއިރާއަށް އޮތީ ނުވަތަ ނެތީ ކޮން އެއްޗެއްތޯ ބަލާލުމެއްނެތި، ސަލީމް އަވަދިނެތި އުޅުއްވީ، ރައީސް ނަޝީދަށާ، އެމްޑީޕީ މެމްބަރުންނަށް އައުގުރާނަ ގޮވުމާ ފުރައްސާރަ ކުރުމުގަ. އަމިއްލަ ވިޔަފާރި ޙިމާޔަތް ކުރުމާ، އޭދަފުށީގެ ޒުވާންޖީލު މަގުމަތިކޮށްލުމަށް ރާވަންޖެހޭ ހީލަތްތެރި ރޭވުންތައް ރޭވުމުގަ.
    ސަލީމް އަރިހުގަ ސީނާ އައްސަވާލުން އެދެން، ވެތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ކިތައްފަހަރު “ޢިއްޒަތްތެރި މެމްބަރު” ހިތާދޫ އަށް ވަޑައިގެންނެވިންތޯ، އޭދަފުށްޓަށް ވަޑައިގެންނެވިންތޯ، މާޅޮހަށް ވަޑައިގެންނެވިންތޯ، 3 ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހާލުއަހުވާލު ބައްލަވާލެއްވީ ކިތައް ފަހަރުތޯ؟

    ރައްދު
  4. mariyam seena

    ވަޖީހުގެ ވާހަކައިގައި ވޭތުވެ ދިޔަ 5 ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރިކަމަށް އޮތީ. ދެން މިއޮތީ ކުރިއަށް އޮތްތާގައި އޭދަފުށްޓަށް ހިނިތުންވުން ގެނެސްދޭނީ ސަލީމްގެ މަސައްކަތުންކަމަށް. އެވެދާނެ ނޫންތޯ ވޭތުވެ ދިޔަ ތަނުގައި ކުރި މަސައްކަތުން ފަށަން އުޅޭ މަޝްރޫޢު ތަކުގެ ވާހަކަކަމަށް. ކޮންމެ ގޮތެއްވިއަސް ވަރަށް ގިނަ ކަންކަން މިހާރު ފެށުމުގެ މަގުމަތީގައި ވަނީ،. ބައެއް ކަންތައް މިހާރު އިޢުލާން ކޮށްފައިވަނީ….

    ރައްދު
  5. hanaj

    ހަމަގައިމުވެސް ބިންހިއްކުމުގެ މަޝްރޫޢު ފެށެން އުޅެނީ ސަލީމުގެ މަސައްކަތުން. އޭނާ މަޖިލީހުގައި ވަކާލާތު ކޮށްގެން އެކަމަށް މަގުފަހިވާގޮތްވީ،،

    ރައްދު
  6. Ahmed Rashyd

    ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި، އޭދަފުށްޓަށް “ފަޚުރުވެރި” ކުރިއެރުމެއް ލިބިފައިވަނީ، މަސްތުވާ ތަކެތީގެ ރޮގުން ކަމަށް ، އޭދަފުށީގެ އެއްވެސް ރައްޔިތަކު ދެބަހެއް ނުވާނެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ 79 ޒުވާނުން އޭދަފުށީގައި ދިރިުޅެމުންދާކަމީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި އޭދަފުށްޓަށް ލިބިފައިވާ ކުރިއެރުމާ ތަރައްޤީ އާއި ތަހުޒީބު ކަމަށް ހިތުގެއަޑީން ޤަބޫލެއް ނުކުރެވޭތޯ؟ ވައްކަންކުރުން އިތުރުވެ މާރާމާރީ ގެ ހުތުރު ޢަމަލުތައް އޭދަފުށީގައި އަށަގަނެފައިވަނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި ލިބިފައިވާ އާދަޔާ ޚިލާފު ކުރިއެރުމެއްގެ ގޮތުގައި ކަމަށް ފާހަގަ ކުރެވެ.

    ރައްދު
  7. Ahmed Rashyd

    “ވަޖީހު ވިދާޅުވީ އޭދަފުއްޓަށްލިބޭ ކުރިއެރުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވަނީ އަހުމަދު ސަލީމު” އެހެން ކަމަށްވާނަމަ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި، އޭދަފުށްޓަށް އައިސްފައިވަނީ ކޮން ދާއިރާއަކުން، ކޮން ތަރައްޤީއެއްކަން، ވަޖީހު ހާމަކޮށްދެއްވިނަމަ، ވަރަށް ފުރިހަމަވާނެ. ތަރައްޤީއެއް އައިސްފައިވާނަމަ، އޭގައި ސަލީމްގެ ހިއްސާ ކިހާވަރަކަށް ހިމެނިފައިވޭތޯ؟

    ރައްދު
  8. mariyam seena

    ވަޖީހު ތިޔަ ހާމަކޮށްދެއްވީ ވަރަށް ބޮޑު ޙަޤީޤަތެއް. އޭދަފުއްޓަށްލިބޭ ކުރިއެރުމުގެ އެންމެ އިސް ދައުރެއް މިހާރު އަދާކުރައްވަނީ ހަމަ ސަލީމު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.