އޭލެވެލް ކްލާސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބަލީގައި.-- ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބަލީގައި.– ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު މިއަދު އެ ސްކޫލުން ހުޅުވާލައިފި އެވެ.

ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމާ ގުޅޭ ގޮތުން މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ސްކޫލަށް ވަނުމަށް އެދޭ ދަރިވަރުންނަކީ 2012 ވަނަ އަހަރުގެ ފަހުން ޖީސީއީ އޯލެވެލް އިމްތިހާނުން ކޮމާސް ނުވަތަ ސައިންސް ސްޓްރީމުގެ މާއްދާތަކުން ދަށްވެގެން ދެ މާއްދާއިން ފާސްވެފައިވުމާއެކު އިތުރު އެއް މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް ވާންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ދިވެހި ނުވަތަ އިސްލާމް ހިމެނެންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މިއަހަރު އިތުރު ކުރައިޓީރިއާއެއްގެ ގޮތުގައި މަތީގައިވާ މާއްދާތަކުގެ އިތުރުން، އިތުރު އެއް މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވާ ދަރިވަރުންނަށްވެސް އޭލެވެލް އިން ފުރުސަތުދެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. ނަމަވެސް މި ކްރައިޓީރިއާގެ ދަށުން ހުށަހަޅާ ދަރިވަރުންނަށް ޖާގަދިނުމަށް ހަމަޖެހިފައިވަނީ ކްލާސްތަކުގައި 25 ދަރިވަރުން ހަމަނުވާނަމަ އެވެ.

އެ ސްކޫލުން ބުނިގޮތުގައި އެ މަރުކަޒުގެ ގްރޭޑް 11 އަށް ވަނުމުގެ ޝަރުތު ފުރިހަމަވާ ކުދިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އަންނަ އޭޕްރިލްމަހުގެ 8 ގެ ނިޔަލަށް އެ މަރުކަޒަށް ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.