ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ޖަޕާނަށް

ނާޝިއާ (ވ) އަދި އަމާނީ (ކ)
ނާޝިއާ (ވ) އަދި އަމާނީ (ކ)

 

ޖަޕާން ސަރުކާރާއި ސާކް ސެކްރެޓޭރިއޭޓް ގުޅިގެން ސާކްގެ ގައުމުތަކުގެ ސާނަވީ ދަރިވަރުންގެ މެދުގައި ބާއްވާ ތަޖުރިބާ ދަތުރެއްގައި ބައިވެރިވުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު އިއްޔެ ޖަޕާނަށް ފުރައިފި އެވެ.

މިމަހުގެ 9-18 އަށް ޖަޕާނުގައި ބާއްވާ މި ޕްރޮގްރާމުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވަނީ އެ މަރުކަޒުގެ ގްރޭޑް 11 ގައި ތައުލީމު ހާސިލުކުރަމުންދާ ބ. އޭދަފުށީ، ހަތިހާ އައިޝަތު ނާޝިއާ ނާޒިމު އާއި ކަނދޮޅުމާގޭ އައިޝަތު އަމާނީ އަންވަރު އެވެ.

މިދަތުރުގައި ބައިވެރިވާ ދަރިވަރުންނާ އިއްޔެ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ، ތަޖުރިބާ ހޯމދުމުގެ މިދަތުރުގެ ސަބަބުން ތަރައްގީ ވެފައިވާ ގައުމުތަކުގައި ކަން ކުރާ ގޮތާއި އެ ގައުމުތަކުގެ ހާލަތުވެސް ދިވެހި ކުދިންނަށް ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާއާއި އެހެނިހެން ދާއިރާތަކުގައި ބޭރު ގައުމުތަކުން ކުޅޭ ރޯލު ވަރަށް ބޮޑު ކަމަށާއި، އެ ޤައުމުތަކަށް ޒިޔާރަތް ކުރަން ލިބޭ ފުރުސަތުތަކުގައި އެ ޤައުމުތަކުގެ ބަހާއި އާދަކާދައާއި ސަޤާފަތް ދަސްކުރުމަކީ އެ ޤައުމުގެ މުޖުތަމަޢުގައި ކަން ކުރާ ގޮތް ދެނެގަތުމަށް ފަސޭހަ ވާނެ ކަމެއް ކަމަށްވެސް ޑރ ނަޒީރު ވިދާޅުވި އެވެ.

އެޑިޔުކޭޝަނުން ބުނީ ދެ ގައުމުގެ ސަގާފީ އެކިއެކި ކަންތައްތަކައް ހިއްސާކޮށް ތަޖުރިބާކުރުމާއި ކުދިންގެ މެދުގައި ރަހުމަތްތެރިކަން އާލާކުރުގެ މަގުސަދުގައި ބާއްވާ މި ދަތުރުގައި މާލެއާއި ރާއްޖޭގެ އެކިއެކި ސްކޫލުތަކުން މަތީސާނަވީގައި ކިޔަވާ 46 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް މި ޕްރޮގްރާމުގައި ބ. ތައުލީމު މަރުކަޒުގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    އަބަދުވެސް ލައްގަންވީ އެއްހުރައަކަށް. އެހެން ފިނޮޅުތަކާއި ހުރާ ގަނޑުތަކަށް ލެއްގުމަކީ ތިމާވެށްޓަށް ގެއްލުންވާނެ ކަމެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.