މާސްޓާޒް ހަދާ ކުދިންނަށް ސަލީމް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

ރެޑްވޭވް ސަލީމް ރައްޔިތުންގެ މަޖިލިހުގައި. : ދެވަނަ ދައުރަކަށް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަން ސަލީމްވަނީ ނިންމަވާފައި-- ފޮޓޯ / މަޖިލިސް އިދާރާ
ރެޑްވޭވް ސަލީމް ރައްޔިތުންގެ މަޖިލިހުގައި. :– ފޮޓޯ / މަޖިލިސް އިދާރާ

ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި މިއަހަރު އަލަށް މާސްޓާސް ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް އެއްލައްކަ ރުފިޔާ ހަދިޔާ ކުރައްވައިފި އެވެ.

ސަލީމް ކެމްޕޭން ޓީމުން ބުނީ މި އެހީއަކީ މިއަހަރު އަލަށް އޭދަފުށީގައި މާސްޓާޒް ޑިގްރީއަށް ކިޔަވަން ފެށުމާގުޅިގެން މިކަމަށް ފުރަތަމަ އިސްނެގި ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުންނާއި، އޭދަފުށީގެ ތައުލީމް ކުރިއެރުވުމުގެ މަގްސަދުގައި ދެއްވި އެހީއެއް ކަމަށެވެ.

“މިއީ ކޮންމެހެން އިންތިހާބާދިމާވާތީ ދޭ އެހީއެއްނޫން، މިއީ އޭދަފުށީގެ ތައުލީމު މިހާ ހިސާބުންވެސް މައްޗަށް ގެންދިއުމަށް އަޅާބާރެއް. އެހެންނޫނަސް މިފަދަކޯސްތައް އޭދަފުށިކަހަލަ ރަށެއްގައި ކޮންމެހެންވެސް ދެމެހެއްޓުމަށް އޭދަފުށީގެ ކޮންމެ ދަރިއަކުވެސް ބާރުއަޅަންޖެހޭނެ، އެހެންވެ ސަލީމުގެ ފަރާތުން އެ ކުދިންނަށް ވެދެއްވި އެހީއެއް މިއީ،”

ސަލީމް ކެންޕޭން އޮފީހުން ބުނީ މި ފައިސާގެ އިތުރުންވެސް ދާއިރާގެ އެކިރަށްރަށުގެ ޖަމިއްޔާތަކާއި، އެކި ޒުވާނުންގެ ގްރޫޕްތަކަށްވެސް އިޖްތިމާއީ ކަންކަން ތަރައްގީކުރުމަށް ބޮޑެތި އެހީތަކެއް ދެމުންދާކަމަށެވެ. އަދި އާންމު ފަރުދުންނަށްވެސް ބޭސްފަރުވާކަހަލަ ބޮޑެތި ކަންކަމަށް އަބަދުވެސް ސަލީމްގެ އެހީ ދޫކުރަމުންދާނެ ކަމަށް ސަލީމުގެ ކެމްޕޭން އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Dhonfan

    ކިހަަދޫ ބަތްޕޮޅި އަށް ދިވެހިން ލިޔަން ކިޔަން އިނގޭތޯ. ވަރަށް ސާފުކޮށް ބުނެފަ އެއޮއްތީ
    “ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި މިއަހަރު އަލަށް މާސްޓާސް ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް އެއްލައްކަ ރުފިޔާ ހަދިޔާ ކުރައްވައިފި އެވެ.”
    އެންމެންނަށް ހަމަ ހަމަ ކޮށް ކަމަށް. ވަރަށް ސަލާމް

    ރައްދު
  2. ahmed

    އަޅުގަނޑުވެސް އޭދަފުށި ކެމްޕަހުގައި ކޯހެއް ހަދަން ގަސްތުކުރިން އެކަމަކު ކޯހުގެ ފީ ބޮޑުކަމުން ބައިވެރި ނުވެވުނީ…ތިފަދަ އެހީއެއް ލިބޭނެނަމަ ދޯ…….

    ރައްދު
  3. Kihaadhoo ބަތްޕޮޅި

    މިއެހީ ލިބެނީ ހަމަ އެކަނި އޭދަފުށި ދާއިރާގެ ކުދިން ނަށްތޯ؟ އެހެން ކުދިންނަށްވެސް ލިބޭނެތޯ؟ މިހެން މިއަހާލީ ތިޔަބުނާ މާސްޓަަރސް ގައި ކިހާދޫގެ 3 ކުދިންވެސް ކިޔަވަމުން ދާތީ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.