އޭދަފުށީ ދާއިރާގެ ބަހުސް ބާއްވައިފި

1798320_10152166381088880_787292407_n

މި މަހުގެ 22 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ބ. އޭދަފުށީ ދާއިރާގެ ބަހުސް ޓީވީއެމް އިން މިއަދު ބާއްވައިފި އެވެ.

މެންދުރު 2:30 ގައި ލައިވްކޮށް ފޮނުވި މި ބަހުސްގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަދި މިހާރުވެސް މިދާއިރާގެ ގޮނޑީ ފުރުއްވަމުން ގެންދަނަވާ އަހްމަދު ސަލީމާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިނެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ އަބދުﷲ ޔަޒީދު މި ބަހުސްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މި ބަހުސްގައި ސަލީމް ވިދާޅުވީ އޭނާ އަށް ވޯޓު ދޭންވީ އޭދަފުށީ ދާއިރާ ތަމްސީލުކުރާ ގޮނޑިއަކީ އިށީއިނދެގެން 20 އަހަރުވަންދެން އަނގައިން ނުބުނެ އިން ގޮނޑިއެއްކަމުން މިއަދު މިދާއިރާގެ ގޮނޑިއަކީ މަޖިލީހުގައި ބަހުސްކުރެވޭ ގޮނޑިއަކަށް ވާތީ ކަމަށެވެ. އަދި ކުރިއަށް ތަނުގަިއވެސް އެއަށްވުރެ ފުރިހަމަކޮށް މަޖިލީހުގައި ވަކާލާތު ކުރުމަށް އޭނާއަށް ވޯޓްދޭން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ “ހިސާން އަށް ވޯޓުދޭންވީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އޭނާ އިއްވައިދޭނެތީ” ކަމަށެވެ. އަދި ސަރުކާރާ ގުޅުންހުރި މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަންތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، ފައިސާ އާއި ރިސްވަތަށް ނޫނެކޭ ބުނެ، އޭނާ އަށް ވޯޓްދޭނީ ވޯޓް ވިއްކާލާނެ މީހަކަށް ނުވާތީ ކަމަށްވެސް ހިޝާން ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޭނާ އަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރާ ބޭފުޅެއް ކަމަށާއި އަމިއްލަ އެދުމަށް މަސައްކަތްކުރާ މީހަކަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.

“އަޅުގަނޑު އަބަދުވެސް އެންމެ ފުރަތަމަ ދީނީ ނަޒަރަކުން ބަަލައިގެން ދީނީ މީހުންނާ ގާނޫނުތައް ހެދުމަގައި މަޝްވަރާ ކުރަނީ، އަޅުގަނޑު މަސައްކަތް ކުރާނީ ދާއިރާގެ ރައްޔިތުންނާ އަދި މިކަމާ ގުޅުންހުރި މީސްމީހުންނާ މަޝްވަރާ ކުރުމަށްފަހު، އަދި އަޅުގަނޑަށް ލިބިފަހުރި ތަޖުރިބާއާއި ވޭތުވެދިޔަ ފަސްއަހަރު މަޖިލީހުގައި އޭދަފުށި ތަމްސީލު ކުރުމުގެ ސަބަބުން އަޅުގަނޑަށް ލިބިފައިހުރި ތަޖުރިބާއާ އެކީގައި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ނަތީޖާ ނެރެދެވޭނީ އަޅުގަނޑަށް ކަމަށްވާތީ،” ސަލީމު ވިދާލުވި އެވެ. “އެހެންކަމުން އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން އޮތީ މަޖިލީހުގެ ތަޖުރިބާއާއި ސަރުކާރުގެ ތަޖުރިބާއާ އެކީގައި މިކަން ކޮށްދެވޭނެ މީހަކި ހަމައެކަނި އަޅުގަނޑޭ،”

ހިސާން ވިދާޅުވީ ސިޔާސަތުތައް ގާނޫނުގެ ސިފައަކަށް ބަދަލުވެގެން އަައިސް، ރައްޔިތުންގެ މަޖިލީހުން ބިލްތައް ފާސްކުރާއިރު އެ ގާނޫނުތައް ފާސްވާން ޖެހެނީ ތިމާގެ އަމިއްލަ މަސްލަހަތާއި ވިޔަފާރި އިސްނުކޮށް ސީދާ ރައްޔިތުންނަށް މީގެން ފައިދާ ކުރެވޭނެ ގޮތަކަށް ކަމަށެވެ.

“އަޅުގަނޑުމެން ގަބޫލުކުރާގޮގައި ސިޔާސަތުތައް ގާނޫނޫގެ ސިފައަށް އެންމެ ފުރިހަމަ ގޮތުގައި ތިރިކުރެވޭނީ ގާނޫނީ ދާއިރާގެ ތަޖުރިބާހުރި އެ މަސައްކަތް ކުރަން އެނގޭ، އެކަމުގެ ތައުލީމު ހުރި މީހަކަށް، އެއީ އަޅުގަނޑު. އަޅުގަނޑު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ކުރާނީ އެ މަސައްކަތް،” ހިސާން ވިދާޅުވި އެވެ.


އޭދަފުށި ދާއިރާގެ ބަހުސް 2014

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.