ތުޅާދޫ ފެހިކުރަން ކިހާދޫ ރައްޔިތުން ގަސް އިންދައިފި

ތުޅާދޫ ފެހިކުރުމަށް ކިހާދޫ ރައްޔޮތުން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ/ޕީއެސްއެމް

ބ. ތުޅާދޫ ފެހިކުރުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ކިހާދޫ ރައްޔިތުން ބައިވެރިވެ ކިހާދޫ ކޮންމެ ރައްޔިތަކަށް ތުޅާދޫގައި ގަހެއް އިންދައިފި އެވެ.

ތުޅާދޫ ކައުންސިލުން ބުނީ އާ އަހާރާ ދިމާކޮށް މިއަދު ތުޅާދޫގައި ކުރިއަށްގެންދިޔަ މިހަރަކާތަކީ ޤައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ކަމެކެވެ. އެގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކިހާދޫ ރައްޔިތުންނަށް ތުޅާދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުނާއި އެއްބައިވަންތަކަން އިތުރުކޮށް އެއްރަށް އަނެއްރަށާ ގުޅުން ބަދަހިކުރުމަކީ މި ޙަރަކާތުގެ އެއް މަޤުސަދު ކަމަށް ވެސް ތުޅާދޫ ކައުންސިލުން ބުންނެވެ.

މި ހަރަކާތުގައި ތުޅާދޫ ގައި އަލަށް އާބާދުވާ ހިއްކި ސަރަހައްދުގައި 600 ގަސް އިންދާފައިވެ އެވެ.

ކިހާދޫ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ސުނާމީ ކާރިޘާގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ތުޅާދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން މިއަދު އިންދި ގަސްތަކުން ރަމްޒުކޮށްދޭނެކަމަށާ، ކުރިއަށްއޮތް ތަނުގައި ތުޅާދޫގެ ކޮންމެ ރައްޔިތަކަށް ރުކެއްހަދިޔާކުރާނެ ކަމަށެވެ.

ތުޅާދޫ ފެހިކުރުމަށް ކިހާދޫ ރައްޔޮތުން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ/ޕީއެސްއެމް

އެ ރަސްމިއްޔާތުގައި ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ މިއީ އެއްރައް އަނެއްރަށާ އޮންނަ ގުޅުން އިތުރުވެ ތުޅާދޫގައި އަލަށް އާބާދުވާ ސަރަހައްދު ފެހި ކުރުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ކަމަށެވެ. އަދި މިކަމަކީ މުޅި ރާއްޖޭގެ ރައްޔިތުން ނަމުނާ ނަގަންޖެހޭކަމެއްކަމަށް ވެސް ތުޅާދޫ ކައުންސިލުން ބުންޏެވެ.


އާ އަހަރާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސަޤާފީ ކަންތައްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.