މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަލީމާއި ހިސާން ވައުދުވޭ

އޭދަފުށީ ދާއިރާޣެ މަޖިލިސް ބަހުސް
އޭދަފުށީ ދާއިރާޣެ މަޖިލިސް ބަހުސް

 

ޒުވާނުން ޑްރަގުގެެ ވަބާގައިޖެހި ހިންގަމުންދާ ޖަރީމާތައް އިތުރުވަމުންދާތީ މިކަން ހުއްޓުވުމަށް ޓަކައި ގާނޫނުތައް ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވައި އެކަން ކުރެއްވުމަށް ކެންޑިޑޭޓުން އިއްޔެ ވައުދުވެވަޑައިގެންފި އެވެ.

ޓީވީއެމް ގައި ބޭއްވި އެމްބީސީގެ “މަޖިލިސް ބަހުސް” ގައި، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ގެންނަންޖެހޭ ބަދަލުތަކެއްއޮތްތޯ އަދި މިކަންތައް ހައްލުކުރުމަސް އަމަލު ކުރައްވާނީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން ބަހުސްގައި ބައިވެރި ވަޑައިގެންނެވި ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި މިކަމަށް ގާނޫނުތައް އިސްލާހު ކުރަން ޖެހެ އެވެ.

މިމަހު 22 ގައި ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެވެސް މެންބަރު އަހުމަދު ސަލީމު ވިދާޅުވިގޮތުގައި މަސްތުވާ ތަކެތީގެ މައްސަލަތައް ހުއްޓުވޭނީ ރައީސް ޔާމިން ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް މިގައުމުގެ ވެރިކަމުގައި ހުރެގެންނެވެ.

“ވޭތުވެ ދިޔަ (ރައީސް ނަޝީދުގެ) ތިން އަހަރުގައި ސަރުކާރުގެ ފަރާތުން މިކަންކަން މާބޮޑަށް އާއްމު ކޮށްލުމުގެ ސަބަބުން މިކަން މުޅި ރާއްޖޭގައި އޮތީ ވަރަށް ވަރުގަދައަށް ފެތުރިފައި. ވީމާ މިކަން ހުއްޓުވޭނީ  ޔާމިން ކަހަލަ ވަރުގަދަ ސަހުސިއްޔަތެއް މިގައުމުގެ ވެރިކަމުގައި ހުރެގެން. އިރާދު ކުރެއްވިއްޔާ މިދައުރު ނިމޭއިރު މަސްތުވާތަކެތީގެ ކަންތައް ހުއްޓުމަަކަށް ގެންނާނެ ” ސަލީމަ ވިދާލުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އޭދަފުށީ ދާއިރާއަށް ޚާއްސަކޮށް އޭދަފުއްޓަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މައްސަލައެއް ކަމަށާއި އަދި އެއީ ގިނަ ބެލެނިވެރިންތަކެއްގެ ވަރަށް ބޮޑު މާޔޫސްކަން ލިބިފައިވާ ކަމެއް ކަމަށެވެ. އަދި މަސްތުވާ ތަކެތީގެ މައްސަލައަށް ހައްލެއް ހޯދަން ގާނޫނީ ވެރިކަން ދަމަހައްޓަން ޖެހޭ ކަމަށްވެސް ހިސާނު ވިދާޅުވި އެވެ.

“އެބަފެނޭ ހުކުމް ތަންފީޒުކުރަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ ހުކުމްކޮށްފައިވާ ބޮޑެތި ވިޔަފާރިވެރިން ގަވައިދާ ޚިލާފަށް ސްރީލަންކާފަދަ ގައުމުތަކަށް ގޮސްގެން އުޅޭތަން. އަޅުގަނޑުމެންނަށް އެބަފެނޭ މަސްތުވާތަކެތި ޑަބިޔާތަކާއެކު ހައްޔަރުކުރާ މީހުން ސިޔާސީ ބައެއް ސަހުސިއްޔަތުތަކުގެ ފަހަތުގައި ކެމްޕޭންގެ އިސްސަފުގައި މަސައްކަތް ކުރަމުންދާތަން. މިކަންތައްތަކަކީ މިއަދު ރައްޔިތުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން،” ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކާއި، ވިޔަފާރިކުރާ މީހުންނާމެދު އަމަލުކުރެވޭނެ އުސޫލުތަކާއި އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޅަ ޖީލުގެ ކުދިން ސަލާމަތްކުރަން އެމީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމު ރަނގަޅަށް އިސްލާހުކޮށް ގާނޫނީ ގޮތުން އެކުދިންނަށް ލިބެންޖެހޭ ހިމާޔަތް ހޯދައިދޭން ޖެހެ އެވެ.

އިއްޔެ ބޭއްވި އޭދަފުށީ ދާއިރާގެެ ބަހުސްގައި މިދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ޔަޒީދު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. ޔަޒީދު ރޭ ވިދާޅުވި އޭނާ އަށް ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުނީ ދަރިފުޅުގެ ކުއްލި އޮޕަރޭޝަނެއް ކުރަންޖެހުމުން ކަމަށެވެ

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. naseer

    ހީހީ ބަނޑަށް ގޮށްއެރިޔަސް، ލޮލުގަ އަދުން އެޅުވިޔަސް ބޯންޖެހޭނޭ ބޯންވާނޭ ކޮންމެހެން އެންމެނަކު ހަމަޔަކު ހުންނާކަށެއް އަބަދަކު ބޭނުން ނުވާނެއޭ ބުނާ މީހަކު ޤައުމުގެ ރަޢީސަކަށް ހުރެގެން މަސްތުވާތަކެތީގެ ވަބާއިން ކީއްކުރަން އެއްކަމެއްވެސް ރަގަޅަކަށް ނުވާނެ. ސަލީމް ބުނީ ހަމަ ރަގަޅަށް ޔާމީން ކަހަލަ ވަރަުގަދަ ސަހުސިއްޔަތަކަށް އެކަންވާނީ. އިސްލާމް ދީންގައި ކަނޑައެޅިގެން ހަރާން ކުރަށްވާފައިވާ ކަންކަން ކުރުމަށް ބާރުއަޅާ މީހަކަށް ބަޔަކަށް ނުވާނެ.

    ރައްދު
  2. Ahmed Rasheed

    “ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެވެސް މެންބަރު އަހުމަދު ސަލީމު ވިދާޅުވިގޮތުގައި މަސްތުވާ ތަކެތީގެ މައްސަލަތައް ހުއްޓުވޭނީ ރައީސް ޔާމިން ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް މިގައުމުގެ ވެރިކަމުގައި ހުރެގެން” ކަމަށް ވިދާތުވީމާ، ހަމަ ހީހީ ބަނޑަށް ގޮށްއަރައިފި. ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމުގެ ލާމަސީލު ނަމޫނާއެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.