ޗެނަލް 13 ގެ ބަހުސަށް އަޅުގަނޑަށް ދަތުވަތެއް ނުދޭ: ހިސާން

ހިސާން ހުސައިން
ހިސާން ހުސައިން، މިރޭގެ ބަހުސަށް އޭނާ އަށް ދައުވަތު ނުދެއްވާކަމަށް އޭނާ ވިދާޅުވި

 

ޗެނަލް 13 ގައި މިހާރު ކުރިއަށްދާ ބ. އޭދަފުށި ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ބޭއްވި ބަހުސަށް އެމްޑީޕީން މި ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިނަށް ދައުވަތު ނުދެއްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހިސާން މިރޭ އީޓީއަށް ވިދާޅުވީ ޗެނަލް 13 ގައި މިރޭ ބަހުސް އޮންނަކަން އެއްވެސް ގޮތަކަށް އޭނާ އަށް އަދި ކެމްޕޭން ޓީމުގެ އެއްވެސް ބޭފުޅަކަށްވެސް އަންގާފައި ނުވާކަމަށެވެ. އަދި އޭނާ ބަހުސްގައި ބައިވެރިނުވީކަމަށްބުނެ، ޗެނަލް 13 އިން ދޮގު މައުލޫމާތު ފަތުރާފައިވާތީ ހިސާން ވަނީ އެކަންވަނީ ކުށްވެރިކޮށްފަ އެވެ.

“ޗެނަލް 13 އިން ބޭއްވި ބަހުސަށް އަޅުގަނޑަށް ދައުވަތު ނުދެއްވާ. އަޅުގަނޑު ތަނާޒުލްވީ ކަމަށްބުނެ، ދޮގު މައުލުމާތު ރައްޔިތުންނަށް ފަތުރާފައިވާތީ، އެކަން އަޅުގަނޑު ކުށްވެރިކުރަން” ހިސާން ވިދާޅުވި އެވެ.

ނަމަވެސް ޗެނަލް 13 އިން އެކަން ދޮގުކުރެއެވެ.  އެ ޗެނަލުގެ އޮފިޝަލަކު އީޓީއަށް ވިދާޅުވިގޮތުގައި ބަހުސް އޮންނާނެކަން އާއްމު އުސޫލުން ދިޔައީ އިއުލާން ކުރަމުންނެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް ދައުވަތުދިން އުސޫލުން އެމްޑީޕީގެ ކެންޑިޑޭޓަށްވެސް ދައުވަތުދީފައިވާނެ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

“ބަހުސް އޮންނާނެކަން އާއްމު އުސޫލުން އަަޅުގަނޑުމެން ދިޔައީ އިއުލާން ކުރަމުން، ފަހުވަގުތު ކެންޑިޑޭޓުނަށް ގުޅީ. އެމްޑީޕީ ކެންޑިޑޭޓް ފޯން ނުނަންގަވާކަމަށްވަނީ،” ޗެނަލް 13 އިން ވާހަކަދެއްވި އޮފިޝަލު ވިދާޅުވި އެވެ.

މި ބަހުސްގައި ޕީޕީއެމްގެ ކެންޑިޑޭޓް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ޔަޒީދު ބައިވެރިވަޑައިގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.