އޭދަފުށީގައި އޮފީސްތަކުގެ ފުޓްސަލް މުބާރާތެއް ބާއްވަނީ


ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި މީގެ އަހަރުތަކެއްކުރިން ފެށިގެން ބާއްވަމުންއައި އޮފީސްތަކުގެ ފުޓްސަލް މުބާރާތް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ބާއްވަން ނިންމައިފި އެވެ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މި މަހުގެ 13 އިން 18 އަށް އޮންނަ މުބާރާތުގައި 14 އޮފީހަކުން 8 ޓީމު ވާދަކުރާއިރު އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު ހިމެނެނީ ބެންކް/މީޑިޔާ/ރަށުކައުންސިލް، އަތޮޅުކައުންސިލް އަދި ޕޮލިސް ބީ ޓީމާ އެކު ގްރޫޕް ބީ ގަ އެވެ.

ރަނަރަޕް ޔުޓިލިޓީ (ދިރާގު/ސްޓެލްކޯ/އެސްޓީއޯ) ހިމެނެނީ ގްރޫޕް އޭ ގައި އަތޮޅުހޮސްޕިޓަލާއި، ވަތަނިއްޔާ/ކޯޓް/ ޖެންޑާ އަދި ޕޮލިސް ބީ ޓީމާ އެކު އެވެ.

ފުލުހުން ބުނީ މި މުބާރާތް ބޭއްވުމަށް ނިންމީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫގު އާލާކުރުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އޮފީސްތަކުގެ މުބާރާތް ދިރާގުން 2006ވަނަ އަހަރު ފެށިއިރު ފުރަތަމަ މުބާރާތް ސްކޫލް ޓީމް ކާމިޔާބުކުރިއިރު، 2007 އަދި 2008 ވަނައަހަރުގެ މުބާރާތް ކާމިޔާބުކުރީ ޕޮލިސްޓީމެވެ. މީގެއިތުރުން 2008 ވަނައަހަރު ޒުވާނުންގެ ކްލަބުންބޭއްވި މިނިވަން އުފާ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ކާމިޔާބުކުރީ އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. އެންމެފަހުން ބޭއްވި މުބާރާތް ކާމިޔާބުކުރީ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.