މާޅޮހުގައި ޔަޒީދު އިމާރާތްކޮށްދިން ފާމަސީ ހުޅުވައިފި

ޔަޒީދުގެ އަމިއްލަ ޚަރަުގައި މާޅޮހުގައި އިމާރާތްކޮށްދިން ފާމަސީ ހުޅުވަނީ.. ފޮޓޯ. އޭދަފުށީޑޮޓްއެމްވީ
ޔަޒީދުގެ އަމިއްލަ ޚަރަުގައި މާޅޮހުގައި އިމާރާތްކޮށްދިން ފާމަސީ ހުޅުވަނީ.. ފޮޓޯ. އޭދަފުށީޑޮޓްއެމްވީ

ބ. އޭދަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އަބްދުﷲ ޔަޒީދުގެ އަމިއްލަ ޚަރުގައި އެރަށުގައި އިމާރާތްކުރި ފާމަސީ ހުޅުވައި އެވެ.

ޔަޒީދު އަމިއްލަ ޚަރަދުގައި އިމާރާތްކޮށް އަދި ފާމަސީއަށް ބޭނުންވާނެ ބޭހާއެކު ހުޅުވި މިފާމަސީއަކީ މާޅޮސް އަންހެނުންގެ ކޮމިޓީއިން އިސްނަގައިގެން މީގެ 8 އަހަރުކުރިން ފެށި މަސައްކަތުގެ ނަތީޖާކަމަށް އެރަށު އަންހެނުންގެ ކޮމެޓީން ބުންޏެވެ.

“ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ވަޢުދުވޭ މިކަންކޮށްދޭން، ނަމަވެސް ޔަޒީދުއަށް މިކަން ދެންނެވުމުން 8 އަހަރުން ނުވިކަންތައް 8 ދުވަހުން މި ނިންމައިދެއްވީ” މާޅޮހު އަންހެނުންގެ ކޮމިޓީގެ ރައީސާ ސަމީރާ ވިދާޅުވި އެވެ.

ބޭސްފިހާރަ ހުޅުވައިދެއްވުމަށްފަހު. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒީދު ވިދާޅުވީ ވަކިވަކި ފަރުދުންނަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭނެ މީހަކަށް ވޯޓް ދިނުން މުހިންމުކަމަށެވެ. އަދި މިދާއިރާއަށް އޭނާ ހޮވިއްޖެނަމަ، މާޅޮހުގައި ނަރުދަމާ އަޅައިދޭނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

“ދާއިރާގެ ރައްޔިތުން ތަރައްޤީއާއި އުފާވެރިކަން ބޭނުންނަމަ ކެންޑިޑޭޓް ނަންބަރު 2 އަކަށް ވޯޓް ދިނުމަކީ މުހިންމުކަމެއް،” ޔަޒީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.