އިއްޔެ ނިމުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގެ ނަތީޖާ މިރޭ ފާޅުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އިއްޔެ ހެނދުނުގެ ނިޔަލަށް ބޭއްވި މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ 8:30 ގައި އެ ސްކޫލްގައި އޮންނާނެ ކަމަށެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މި މުބާރާތުގައިވެސް އިނާމު ދޭން ހަމަޖައްސާފައިވަނީ ކޮންމެ ގްރޭޑަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް އަންނަ ކުދިންނަށާއި މުޅި މުބާރާތުން ވަނަ ހޯދާ ކުދިންނަށެވެ.
މި އަހަރުގެ މުބާރާތުގައި އެ ސްކޫލުގެ އެކި ގްރޭޑްތަކުން 200 އަށްވުރެ ގިނަ ދަރިވަރުންވަނީ ބައިވެރިވި އެވެ.