އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް ފަށައިފި

އޭދަފުށީ ޕޮލިހާއި ޓީމް ހުޝިޔާރު ބައްދަލުކުރި މެޗުގެ ތެރެއިން.– ފޮޓޯ / ޕޮލިސް

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް ކަޕް މިއަދު ހެނދުނު ފަށައިފި އެވެ.ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ އޭދަފުށީ ޕޮލިސް ޓީމް މޮޅުވީ ހުޝިޔާރު (ދިރާގު/ސްޓެލްކޯ/އެސްޓީއޯ) ޓީމު އަތުން 4-1 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ ހުސައިން ފާސިރު އެވެ.

ގްރޫޕް ދޭއްގައި ހިމެނޭ އަތޮޅު ކައުންސިލްގެ ޓީމް މޮޅުވީ ޕޮލިސްގެ ދެވަނަ ޓީމާ ވާދަކޮށް 5-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަތޮޅުކައުންސިލްގެ މުހައްމަދު ރާމިޒު އެވެ.

މި މުބާރާތުގެ ކުޅުން މާދަމާ ހެނދުނާ ހަވީރުވެސް އޮންނާނެ އެވެ. ހެނދުނު އޮންނަ ފުރަތަމަ މެޗް ގައި ބައްދަލުކުރާނީ ހޮސްޕިޓަލާ ވަތަނިއްޔާ/ޖެންޑާ/ކޯޓް (ވެގެންކޯ) އެވެ. ދެވަނަ މެޗްގައި ތައުލީމީ މަރުކަޒާ ދެކޮޅަށް ނުކުންނާނީ ބެއޯމީ އެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫގު އާލާކުރުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތުގައި 14 އޮފީހަކުން 8 ޓީމު ވާދަކުރެ އެވެ.

ވަތަނިއްޔާ އިން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.