ކޮންނަ ބޯޓު ދެން މިސްރާބުޖަހާނީ އޭދަފުއްޓަށް: ރައީސް ޔާމީން

ބޮސްކާލިސްގެ ބިޔަ ކޮންނަބޯޓް.
ބޮސްކާލިސްގެ ބިޔަ ކޮންނަބޯޓް.

 

ދ. މީދޫ ބިންހިއްކާ ނިމުން ބޮސްކާލިސްގެ ބިޔަ ކޮންނަ ބޯޓު ދެން ދިއުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުއްޓަށްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މީދު ބިންކުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިއަދު ހަވީރު ރައީސް ޔާމީން ވިދާޅުވީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި މީދޫގެ ބިން ހިއްކާ ނިމުމުން ކޮންނަ ބޯޓު ދެން މިސްރާބުޖަހާނީ އޭދަފުއްޓަށް ދިއުމަށް ކަމަށާއި މިސަރުކާރުން އޭދަފުށީގެ ބިން ހިއްކައިދޭނެ ކަމަށެވެ.

“މީދޫގެ ބިން ހިއްކާ ނިމުމުން ދެން ބޯޓު މިސްރާބު ޖަހާނީ ބ. އަތޮޅު އޭދަފުއްޓަށް ދިއުމަށް. މިއީ އަޅުގަޑުމެން ކޮށްދޭނެ ކަމެއް. އޭދަފުށީގެ ބިން ހިކޭނެ. އަދި ތުލުސްދޫ އާއި ކުޑަހުވަދޫގެ ބިމުގެ މައްސަލަވެސް ހައްލުވެގެންދާނެ.” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަކީ ދާއިރާއަށް ބޭނުންވާ ކަންކަން  ސަރުކާރު މެދުވެރިކޮށް ފުއްދަވައިދެއްވުމަށްޓަކައި ކެންޑި ނޭޅި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބިންހިއްކުމުގެ މަސްރޫއުތަކުގައި ބަލަމުންދަނީ މާލެއެކޭ އެއްގޮތަށް ގޯތިދޭ އުސޫލުން އެންމެ ބޮޑަށް އެކަމަށް ބޭނުންވެފައިތިބި ބަޔަކަށް އެކަމުގައި އިސްކަން ދިނުމަށް ކަމަށެވެ.

އޭދަފުށީގެ ފަޅުން 25 ހެކްޓަރަށްވުރެ ބޮޑުބިމެއް ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 125 މިލިޔަން ރުފިޔާއަށެވެ.

މީގެ 100 އަހަރު ކުރިން އުފެދުނު ބޮސްކާލިސް އަކީ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ސަބްމެރިން ހޮޅި އެޅުމާއި ކަނޑުމަތީގެ އެކި މަސައްކަތް ކުރުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Ahmed Rasheed

    ކޮންމެ ބޭފުޅެއްގެ ފަރާތުންވިޔަސް، ބޭނުމީ ތަރައްޤީ. ގެއްލިފައިވާ ޢިއްޒަތާ އަބުރު، އިޖުތިމާޢީ ރައްކާތެރިކަމުން ފުރިގެންވާ އަމާން މާޙައުލެއް. ފާގަތި މުސްތަޤުބަލެއް. ތަރައްޤީ އާއި ތަހުޒީބުގެ ފިކުރުގައި ކުރިޔަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް މަރްޙަބާ ކިޔަން.

    ރައްދު
  2. jeri

    ޔާމީން ތިކުރާ ހިތްވަރަށް އޭދަފުށި ރައްޔިތުންގެ ނަމުގައި ހަމަ ސާބަސްދެމެވެ. އަދިވެސް އެއްފަހަރު އައްސަރިބަހާ ސާބަސް…….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.