ގުރުއާން މުބާރާތުގެ އެއްވަނަ ފަރާހަތު އާއި އިޔާން އަށް

ހިތުދަސްކުރުމުގެ ބައިން އެއްވަނަ ހޯދި އިޔާން އަލީ ވަހީދު-- ފޮޓޯ އަބޫ ޔައުލާ
ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ފަރާހަތު– ފޮޓޯ އަބޫ ޔައުލާ

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ އިޔާން އަލީ ވަހީދު އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހައްވާ ފަރާހަތު ނާޝިދު ހޯދައިފި އެވެ.

ހިތުދަސްކުރުމުގެ ބައިން 50 ކުދިންނާ ވާދަކޮށް މުޅި މުބާރާތުން އެއް ވަނަ ހޯދި މިރަށު، ކާނޭޝަންމާގޭ އިޔާން އަލީވަހީދު އަކީ އެ ސްކޫލުގެ ގްރޭޑް 3 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުންވެސް އެއްވަނަ ހޯދައިފަ އެވެ. ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދި މިރަށު، ލިލީގެ ފަރާހަތު އަކީ އެ ސްކޫލް، ގްރޭޑް ހަތަރެއްގެ ދަރިވަރެކެވެ. އޭނާ އެއްވަނަ ހޯދި 168 ކުދިންނާ ވާދަކޮށްގެންނެވެ.

ގުރުއާން މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން އެއްވަނަ ހާސިލްކުރި އިޔާން-- ފޮޓޯ އަބޫ ޔައުލާ
ގުރުއާން މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން އެއްވަނަ ހާސިލްކުރި އިޔާން– ފޮޓޯ އަބޫ ޔައުލާ

ބަލައިގެން ކިޔެވުމުގެ ގޮފިން ދެ ވަނަ ޝަމާއިލް މުހައްމަދު ނަސީރު ހޯދި އިރު، އެގޮފިން ތިންވަނަ ހޯދީ އައިމާން ހަބީބެެވެ.

ހިތުން ދަސްކުރުމުގެ ބައިން ދެވަނަ މަރިޔަމް ނައުޝީން ސަމީމް ހޯދި އިރު ތިންވަނަ ދެ ކުއްޖަކު ހޯދާފައިވެ އެވެ. އެއީ ހައިޝަމް ޚާލިދުއާއި ޔުމްނާ އާތިފެވެ.

މި މުބަރާތުގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އެކި ފަރާތްތަކުން 18000 އަށްވުރެ ގިނަ ރުފިޔާ ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ވަނަތައް ހާސިލު ކުރި ދަރިވަނުންނަށް އެ މަރުކަޒުން ޓްރޮފީއާއި ހަނދާނީލިޔުން ދީފައިވެ އެވެ.

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި އެ ސްކޫލުގެ އެކި ގްރޭޑް ތަކުން 218 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.