ގުރުއާން މުބާރާތުގެ ފެންވަރު ދަނީ ދަށަށް: ފަނޑިޔާރުން

ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގެ ތެރެއިން- ފޮޓޯ /  އަބޫ ޔައުލާ
ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގެ ތެރެއިން- ފޮޓޯ / އަބޫ ޔައުލާ

ވޭތުވެ ދިޔަ 4 ވަރަކަށް އަހަރާ އަޅާބަލާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ގުރުއާން ކިޔެވުމުގެ ފެންވަރު އެއް އަހަރުން އަނެއް އަހަރަށް ދަށްވެގެންދާކަމަށް މުބާރާތުގެ ފަނޑިޔާރުން ރޭ ބުނެފި އެވެ.

އެ މަރުކަޒުގެ މިއަހަރުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުން ބުނީ މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވި ނަމަވެސް ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ދަށްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ތަޖުވީދުގެ ކުށްތައް ގިނަވުމާއި ފިލިތައް ފުރިހަމަ ނުކުރުމާއި ދެލިގަނޑުގެ ނުފަރިތަކަން ގިނަކަން ވެސް ފަނޑިޔާރުން ފާހަގަކުރި އެވެ.

 ކީރިތި ގުރުއާން ކިޔެވުމުގައި އެ އަކުރަކަށް ދޭންޖެހޭ ހައްގަކާއި ލިބިގެންވާ ހައްގުދީގެން ކިޔެވުމަކީ ވަރަށްބޮޑަށް ސަމާލުކަން ދެއްވަންޖެހޭ ކަމެއްކަމަށާއި މިއަހަރުގެ މުބާރާތުގައި އެއްގޮތަކަށްވެސް އުބުފިލި އަދާ ނުކުރެވޭކަން ފަނޑިޔާރުން ވަނީ ފާހަގަކޮށްފަ އެެވެ.

“އުބުފިލިތައް ދަނީ ހަމަ ސުކުނަކަށް ބަދަލުވެގެން. ހަމައެހެންމެ ސުކުން އުބުފިއްޔަށް ބަދަލުވެފައިވެސް އެބަހުރި. ބައެއް ކުދިންގެ ކިޔެވުން އަޑުއިވިގެންދިޔަ އިރު، ކަލިމައިގެ މެދު ތެރެވެސް އެބަހުރި ވަގުފު ކުރެވިފައި. ހަމައެހެންމެ ވަގުފު ކޮށްފައި އަނބުރާ އަނެއްކާ އެކަލިމަ އަދާކުރާއިރު ކަލިމައިގެ މެދުތެރެ އެބަހުރި އިއާދަ ކުރެވިފައިވެސް،”

ފަނޑިޔާރުން ފާހަކުކުރި ގޮތުގައި މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްލޫކުން ކުރާ މަސައްކަތުގެ އިތުރުން ބެލެނިވެރިންގެ ތަރުހީބު މިކަމުގައި ވަރަށްބޮޑަށް ބޭނުންވެ އެވެ. އަދި ސްކޫލުގައި ތިއްބެވި މުދައްރިސުންގެ އިތުރުން ރަށުން ބޭރުން ކަމުގެ އެކަށީގެންވާ ގާބިލު ބޭފުޅުންވެސް ގެނެސްގެން ދަރިވަރުންނަށް ކީރިތި ގުރުއާނުގެ އިލްމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދެއްވުމަށްޓަކައި މިހާތަށްވުރެ ބޮޑަށް ސަމާލުކަން ދެއްވަންވެސް ފަނޑިޔާރުން އެދިވަޑައިގެންނެވި އެވެެ.

 މިއަހަރުގެ ގުރުއާން މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ އިޔާން އަލީ ވަހީދު ހޯދިއިރު ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދީ ހައްވާ ފަރާހަތު ނާޝިދު އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ބެލެނިވެރިއެއް.

    އަސްލު ސްކޫލަކުން ޤުރުއާން މުބާރާތަކަށް އެއްވެސް މަސައްކަތެއް ނުކޮށްދޭ. ކީއްތޯވާނީ އެންމެ އަހަރަކުވެސް އަތޮޅުމުބާރާތަށް ހޮވޭކުދިންނަށް ނަމަވެސް ފަރިތަކުރުން ބާއްވާލަ ދިނީއްޔާ. ގުރޭޑް 1ން 3ށް ގުރުއާންކިޔަވަދެން ދަނީވެސް ގުރުއާންގެ ރޮގުން ތަމްރީނު ލިބިފައިވާ ޓީޗަރުންނެއް ނޫން. ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިކުރެވެނީ އެރޮގުން މޮޅަށް ކިޔަވާފައިވާ ޤާރީން ގެނެވިގެން. އަސްލު ވަރަށް ދެރަވޭ ސްކޫލުން ޤުރުއާންކިޔަވައި ދިނުމަށް ބާރުނާޅާތީ، ކީއްތޯވާނީ މަޖީދުބޭ ގުރުއާންކިޔެވުމަށް ޙާއްސަ ކޮށްފައި އިތުރު އިސްލާމް މުދައްރިސެއް ހޯއްދެވީއްޔާ. މިކަމަށްޓަކައި ފެންބޮވާގަނެފައިވާ ބެލެނިވެރިއެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.