“އޭދަފުށީ މީހުންގެ ވޯޓު ނަގަނީ ތެލި ތާހަށޭ ބުނާއަޑު އަހާކަށް ކެތެއްނުވާނެ”

ރައީސް ނަޝީދު އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ ފޮޓޯ
ރައީސް ނަޝީދު އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ ފޮޓޯ

މާލޭގެ ސައިހޮޓާތަކުގައާއި މުޅި ރާއްޖޭގައި” އޭދަފުށީ މީހުންގެ ވޯޓު ނަގަނީ ތަލިތާހަށޭ” ބުނާ އަޑު އަހާކަށް ލަގޮނޑިއަކަށް ކެތްނުވާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއް ޖެވެ.

އޭދަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އަޅްއުސްތާޒާ ޙިސާނު ޙުސައިނަށް ތާއީދު ހޯއްދެވުމަށް ބ. އޭދަފުށީގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އޭދަފުށީ ރައްޔިތުން މިއަދު ރަނގަޅަށް ވިސްނަވަން ޖެހޭ ކަމަށާއި އޭދަފުއްޓަކީ ރާޢްޖޭގައި އޮތް އެންމެ ތައުލީމީ އެއްރަށް ކަމަށެވެ.

“އޭދަފުށީ ރައްޔިތުން ރަނގަޅަށް ވިސްނަވާ! އޭދަފުށި މީ ރާއްޖޭގައިވާ އެންމެ ތައްލީމީ އެއް ރަށަށް. ކިހާދުވަހެއް ވަންދެންތޯ ތިބޭފުޅުން އަޑުއަހަން ބޭނުންފުޅު ވެލައްވަނީ މާލޭގެ ސައިހޮޓާ ތަކުގައާއި މުޅި ރާޢްޖޭގައި “އޭދަފުށީ މީހުން ވޯޓު ނަގަނީ ތެލިތާހަށޭ ” ބުނާއަޑު އަޅުގަނޑު ބޭނުމެއް ނޫން އެއަޑު އަހާކަށް. އަޅުގަނޑުގެ ލަގޮނޑިއަކަށް ކެތެއް ނުވާނެ އެ ވާހަކަ އަޑުއަހާކަށް،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭދަފުއްޓަކީ އެމަނިފާނު ދަންނަ އަދި ވަރަށް އިހްތިރާމާއި ގަދަރު ކުރާ ރަށެއްކަމަށާއި މާ އިއްޒަތާއި އިހްތިރާމާއެކީ އަންނަ އޭދަފުއްޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އޭދަފުށީ މީހުންގެ ވޯޓް ވިސްނާފަ ނޫނީ ދުލެއް ނުކޮށްލާނެ ކަމަށާޢި އޭދަފުށީ ރައްޔިތުންނަކީ ތައުލީމީ ބައެއްކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރޭ އޭދަފުށީގަިއ ބޭއްވި ހިސާންގެ ކެމްޕޭން ޖަލްސާގެ ތެރެއިން
ރޭ އޭދަފުށީގަިއ ބޭއްވި ހިސާންގެ ކެމްޕޭން ޖަލްސާގެ ތެރެއިން

“އޭދަފުށީ ރައްޔިތުން އެދޭނީ މަޖިލީހުގައި އެ ރައްޔިންތުން ތަމްސީލު ކުރުމަށްޓަކާ ކަމަށް ޤާބިލު ކަމަށް އެކަށޭނަ ބޭފުޅެއް ހުންނަން،” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާފައި ތިބި ކެނޑިޑޭޓުންގެ ތެރެއިން މިކަމަށް އެންމެ ޤާބިލު ބޭފުޅަކީ ޙިސާނު ޙުސައިން ކަމަަށް އޭދަފުށީ ރައްޔިތުން އެއްބަސް ވާނެކަމަށެވެ. އަދި އޭދަފުށީ ރައްޔިތުން ތިލަފަތަށް ވޯޓުދީގެން އެމްޑީޕީއަށް މަޖިލީސް މެޖޯރިޓީ ހޯދުމަށް އޭދަފުށިން ހިސާން 700 ވޯޓު ނަންގަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ހިސާނު ޙުސައިން އޭދަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް،” ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

13 ކޮމެންޓް

  1. Dhonfan

    އެމް.ޑީ.ޕީ ގެ 3 އަހަރުގެ ވެރިކަމުގަ ކޮންކަމެއްތޯ އޭދަފުއްޓަށް ކޮށްދިނީ. ނުވަތަ ކޮށްދޭން އުޅުނީ؟ މިސުވާލަށް ޖަވާބު ދެނިކޮން ސަލީމު އަށް ނޫނެކޭ ބުނެވިދާނެ. މިހާރު މިހިނގަމުން ދަނީ، ސަލީމުގެ ޕާޓީގެ ވެރިކަން. ދެން ހަމަ ގާމުވެސް އޭދަފުއްޓަށް ތަރަށްގީލިބޭނީ ސަލީމް ހޮވާގެން. އަންނިގެ ވެރިކަމުގަ ނުކޮންދިން ކަމެއް މިހާރު ބާރު ނެތްދުވަހު ކޮށްދޭނީކިހިނެއް

    ރައްދު
  2. ibrahim

    މިކޮމެނޮޓް ތައްކިޔާލުމުން އެގެނީ ސަލީމްގެ ބަޑުފަޅާ ގުރޫޕު ލިޔެފައިވާ ކޮމެންޓް ތަކެއްކަން، އެހެނީ މީގެކުރިން ތަސްމީނު އަތުންލާރި ކެޓުވިމީހުންނަށް މިޔަދު އެފައިސާ ރިސްވަތަށްވީމާތަންފެންނާތީ. ކޮބާ ރަގަޅަށް ހުރި ދަތްފުރި މީހުން،،ކޮބާ ރިޔާސީ
    ައިންތިހާބުގައި ނެރުކޮޅުގައި ފިޔާތޮށި ބޮޑު ދިދަ ދަންވަރު ޖެހީމަ ދިން ދިިހަހާސް ރުފިޔާ ، ބާރުގަދަމީހާަައަށް…….ވާހަކަނުދައްކާ
    ވާނީ ބޭޒާރު،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،، ޖކ

    ރައްދު
  3. moosa

    މަގޭ ވޯޓު ސަލީމަށް މިފަހަރު… މާދަން ސަލީމު ގެންނާނެ ވިއްޔާ ކޮންނަބޯޓުވެސް.. އަންނި ސަރުކާރުގަ އޭދަފުށި ހިއްކައެއްވެސް ނުދިނެއްނު… ސަލީމަށް ވާނެ މިފަހަރު ޔަގީން……

    ރައްދު
  4. Mode Maalhos

    ކުރިން ސަލީމަށް މަސައްކަތް ކުރި އެތައްބަޔަކު ފަހަތަށް ޖެހި ޔަޒީދަށާއި ހިސާނަށް މަސައްކަތް ކުރަން ޖެހުނީ ސަލީމަށް ދާއިރާ އާއި އަޅާ ނުލެވުނީމާ! ސަލީމު ހޮވުމާއި ގުޅިގެން ހިތާދޫ އޭދަފުށި ފެރީ ހުއްޓުވާލީ ، ފައިނޭސް ކޮންޓެކްޓް އުސޫލުން ހަދަން ހަމަޖެހިފައިވާ އޭދަފުށި ސްޓޭޑިއަމް އާއި އޭދަފުށީގެ ބިން ހިއްކުމާއި މާޅޮހުގެ ނަރުދަމާ ނިޒާމާއި ހިތާދޫގެ ފެނުގެ ނިޒާމު ހުއްޓުވައިލީމާ ވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރު އަހްމަދު ސަލީމު (ރެޑްވޭވެ) ހަމަ ގޮނޑި ކޮޅުގާ އިންނެވީ ނޫންތޯ؟ ދިވެހި ދިދައިން މަކަރު ހެއްދެވި ކަމަށް ތުހުމަތު ކޮށް ކޯޓަށް ގެންދިޔަކަންވެސް މިދާއިރާގެ މީހުން ދަނޭ! މަސްތުވާތަކެތީގެ ބޮޑެއް ކަމުގައިވާ ސަފާ އަތުލައި ގަތީ ކޮންތާކުން ކަންވެސް މިދާއިރާގެ މީހުން ދަނޭ

    ދަންނަ ނުދަންނަ އެދުރުކަލޭފާނު

    ރައްދު
  5. އަޙްމަދު

    އިރާދަކުރެއްވިއްޔާ މިފަހަރު ޙިސާން މިގޮނޑި ކާމިޔާބު ކުރާނެ. ސަލީމްގެ ނުފޫޒު މިރަށުން ފޮހެލާނަން.

    ރައްދު
  6. ali

    ސަލީމު ހޮވަންޖެހޭ ސަބަބެއްބުނެދީބަލަ ؟ ކޮންކަމެއްކޮއްދީގެންބާ ؟ ގޭގެ ޓިނުޖަހާދީގެންބާ ؟

    ރައްދު
  7. Alisha

    އެންމެ ފުރަތަމަ މިއަތޮޅުގެ ވޯޓު ގަނެގެން ގޮނޑި ހޫނުކުރި މީހަކީ ތަސްމީނު. މިހާރުގެ މެމްބަރު އަހުމަދު ސަލީމް އަކީ ނަމޫނާ ބޭފުޅެއް. ސަލީމަކީ މިއޭދަފުށީގެ ތަރައްގީގެ ބާނީ. އިރާދަކުރެއްވިއްޔާ ބޮޑު ތަފާތަކުން ސަލީމް މިގޮނޑި ކާމިޔާބު ކުރާނެ. މަގޭ ވޯޓު ސަލީމަށް ތި އުޅޭ ބޮޅުލެއްވި މަންޖެއަށް މަވާ ސަލާމް ފަތްޑަބިޔާ އަށް ވައްސަލާމް

    ރައްދު
  8. nasheet

    އަހަރެންގެ ހަޔާތުގަ ދުށް އެންމެ ގޮތެއްނެތް ލަދު ކުޑަ ދެމީހުން އެ ތިބީ ޖެހިޖެހިގެން. ތަސް އާ އަންނި. ތަސް އަކީ ވޯޓް ގަތުން ނުވަތަ ވޯޓު ގަތުމަށް ރިޝްވަތު ދޭން މި ގައުމަށް ތައާރަފު ކޮށްދިން މީހާ. ސަރުކާރުގެ ބޭންކުން ލޮނު ނަގައިގެން އެންމެ ބޮޑަށް ހޭދަ ކުރީ ކޮން ކަމަކަށް؟ ދެން އެ އިންނެވި އަންނި ވޯތުގެ ބޭނުމުގަ ތެލި ތައްޓެއް ނޫން ދެނީ.މިލިޔަނުން ރުފިޔާ. ދެން ބޮދެތި ގޭގެ ގަނެދެނީ. ޔަހޫދީން ބުނާ ގޮތް ހަދައިގެން މުޅި ގައުމު ބަނޑަށް ޖައްސާފަ އަދިވެސް އަހަރެމެން މޮޔަ ހައްދަނީ. އަންނި އާ އޭނައަށް ތާއިދު ކުރާ އެކަކަށްވެސް އަހަރެންގެ ވޯޓު ހަރާން ވާނެ . އަހަރެންގެ ތިމާގެ މިހަކުވެސް.ރައްޓެއްސަކުވެސް. މި ކޮމެންތެއް ނުޖަހާނެކަން އެގޭ.އެއީ މި ނޫހަކީ ވެސް އޭނާ އަސް ވިކި ހުސްވެފާ އޮތް ނޫހެއް.

    ރައްދު
  9. naseer

    މަ އަބަދުވެސް ބުނަމެންނު މިއޭދަފުށީ ޓައިމްސްގައި ނޫސްވެރިންނޭ ކިޔައިގެން މިއުޅޭ މީހުންނަކީ އެމް.ޑީ.ޕީ.ގެ އެކްޓިވިސްޓުން ތަކެކޭ. އެމީހުންގެ ކަމެއް އުޅެންޔާ ބަރާބަރަށް އަޕްޑޭޓް ވަމުންދާނެ. އެކަމަކު އެހެން ޕާޓީއެއްގެ ކަމެއް ވިއްޔާ މިއަށް އަރާނީ އެކަމެއް ވެނިމޭތާ އެތައް ދުވަހެއް ފަހުން. އެވެސް އޭގެ ވާހަކަވެސް މީހުން ހަނދާނެތޭހާ ދުވަސްފަހުން. ގައިމު ރެޑްވޭވެ ސަލީމްވެސް ލައްކަ ބައްދަލުވުންތައް ބާއްވާ މިނޫހަކަށްވާ ކަމެއްވެސް ނޫން.

    ރައްދު
  10. ަަަަައަލީ

    ގޮޑި ގެންދާނީ ރީދޫ މީހުން ، އަހަރެމެން ބައި ބައިވީމަ ، މީ ހަމަ ޔަޒީދުގެ ސަބަނުން ގެއްލޭ ގޮޑިޔެއް

    ރައްދު
  11. husen

    އެހެންވެގެންދޯ މަނިކުފާނުގެ ވެރިކަމުގައި މާ ގިނައިން އޭދަފުށްޓަށް އައީ؟؟؟ މަނިކުފާނު ސަރުކާރުގައި އެއްވެސް ކަމެއް ނުކޮށްދޭ އޭދަފުއްޓަކަށް. ހީވީ ހަމަ ޖެއްސުމަށް އަޅާނުލާ ދޫކޮށްލާފަ އޮތްހެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.