މޯލްޑިވްސް މީޑިއާ ކައުންސިލާއި، އޭދަފުށި ޓައިމްސް އޮންލައިން ގުޅިގެން “ބޭސިކް ޖާނަލިޒަމް” ކޯހެއް އޭދަފުށީގައި ފަށައިފި އެވެ.
އިއްޔެއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި އޭދަފުއްޓާއި ބ. އަތޮޅުގެ ބައެއް ރަށްރަށުން 20 މީހުންވަނީ ބައިވެރިވެފަ އެވެ.
ބ. އަތޮޅުގައި ނޫސްވެރިކަން ކުރިއެރުވުމާއި ޒުވާނުން މިދާއިރާއަށް އަހުލުވެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ކުރިން މީޑިޔާ ކައުންސިލުގެ ރައީސްކަންވެސް ކުރެއްވި މުހައްމަދު ނަޒީފު އެވެ.
މި ކޯސް ފުރިހަމަކުރާ ކުދިންގެ ތެރެއިން އީޓީ އަށް ލިޔަން ޝައުގުވެރިވާ ކުދިންނަން އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.