ޕޮލިސް ބަލިކޮށް ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަން ޓްރޮފީއާއެކު

އޭދަފުށީ ޕޮލިސް އަތުން 2- 1 އިން މޮޅުވެ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަތީން ޚާލިދު ލަނޑެއް ޖަހާފައިވަނިކޮށް ޕޮލިހަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން ފާސިރު އެވެ. ދެ ޓީމު އެއްވަރުވެގެން ފަހު ހާފު ފެށިތަނާ ތައުލީމީ މަރުކަޒު މޮޅުވި ލަނޑުވެސް ކާމިޔާބުކޮށްދިނީ ފަތީން ހާލިދު އެވެ. ފަތީން ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

މިއީ އޭދަފުށީގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުޅޭ މުބާރާތް ތައުލީމީ މަރުކަޒު ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މުބާރާތް އެންމެ ފަހުން އެ ޓީމު ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ ގޯލް ކީޕަރު އިބްރާހިމް ޝަހީދު އެވެ. އެންމެ ގިނަ ލަނޑު ޖަހާފައިވަނީ 8 ލަނޑު ކާމިޔާބުކުރި ހުށިޔާރު ޓީމުގެ އަބްދުﷲ ޒައީމެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ތައުލީމީ މަރުކަޒުގެ މުހައްމަދު އިކްރާމް އާއި އިބްރާހިމް ޝަހީދު އާއި ޕޮލިހުގެ ހުސައިން ފާސިރު އާއި މުހައްމަދު މަދީނުގެ އިތުރުން ހުށިޔާރު ގެ އަބްދުﷲ ޒައީމު އެވެ.

ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހުށިޔާރުގެ އަބްދުﷲ ޝަރީފް ހޮވުނުއިރު ފެއާ ޕްލޭ ޓީމަކީ ހުށިޔާރު ޓީމެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ޓްރޮފީ އާއި މެޑަލްް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލަރު އަބޫބަކުރު އަބްދުއްރަހްމާން އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.