
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން ގެންދާ ފުނަ ހަރަކާތް އަންނަމަހު ބ. އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
ކޮންމެ އަތޮޅަކު ބާއްވަމުން އަންނަ މި ހަރަކާތް އޭދަފުށީގައި ބާއްވަން ނިންމާފައިވަނީ އަތޮޅު ކައުންސިލުން ބުނިގޮތުގައި އަންނަމަހު ކުރީ ކޮޅު އެވެ. ގިނަ އަތޮޅު ތަކުގައި މިހާރުވަނީ މި ހަރަކާތް ބާއްވައިފަ އެވެ.
ބ. އަތޮޅުގެ ފުނަ ހަރަކާތުގައި އޭދަފުށީގެ އިތުރުން މި އަތޮޅު ކެންދޫ، ކުޑަރިކިލު އަދި ކަމަދޫން ބައިވެރިވެ އެވެ. މި ހަރަކާތުގައި މި ރަށްރަށުގެ އެކި ގްރޫޕްތަކުން ތަފާތު އައިޓަމްތައް ހުށަހަޅައިދޭނެ އެވެ.
ކޮންމެ އަތޮޅެއްގައި ފުނަ ހަރަކާތް ބޭއްވުމަށްފަހު އެ ހަރަކާތަކުން ފާހަގަކޮށްލެވޭ ގުރޫޕަކަށް މާލެ އައިސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ފުނަ ހަރަކާތުގައި އެ ރަށެއްގެ ސަގާފަތާއި އެ ރަށެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ހަރަކާތަކީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބޮޑު ހަރަކާތެކެވެ.
ފުނަ އެންމެ ކަޑަ އަތޮޅަށް ވާނެ…..ޓާސްކުފޯސް އެހާ އެކްޓިވެެއް ނޫން..