ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ ޝާން އޭދަފުށީ މެޑިކަލް ސެންޓަރުގައި ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.
އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ޝާން އެ ކްލިނިކުގައި ބަލިމީހުން ބައްލަވާނީ ފެބްރުއަރީ 25 އަދި 26 ގަ އެވެ.
ޑރ ޝާންއަކީ ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ޑޮކްޓަރެވެ. ޝާން ޝެޑިއުލްކޮށް ކޮންމެ ދެމަހުން އެއްފަހަރު އޭދަފުށީ މެޑިކަލް ސެންޓަރަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.
އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ ޝާންމެން ފަދަ ޑޮކްޓަރުން އެ ކުލިނިކަށް ވަޑައިގެން ބަލިމީހުންނަށް ފަރުވާ ދެއްވާކަމީ ކްލިނިކުން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މިއަތޮޅުގެ ރައްޔިތުންނަށް މާލެނުގޮސް މިފަދަ ސްޕެސަލިސްޓުންނަށް ފަސޭހައިން ދައްކާލުމަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.
ޝާން އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7523242، 9631111 އަށެވެ.
Shaan mirashah ais 200-bali meehun 400 ryfiyaabalaa iru IGMH ga 2300 bali meehun nan note kohgen thibikan neyngeybaa 2-3 mas vaairu nudhekiffa
Rahrashun nan noatu kuri meehunah emeehunah aadheveyhaa vaguthu ohva gulhaalihyaa v rangalhuvaane…