ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއް ޖަހަން ދަތުރުކުރާ އަބްދުލްޣަފޫރު އަލީ (ގައްބެ) މިއަދު ހެނދުނު އއ. އުކުޅަހުން ފުރައި، ބ. ގޮއިދޫއަށް އައުމަށް މިސްރާބު ޖަހައިފި އެވެ.
ބ. ގޮއިދޫ ކައުންސިލުން ބުނި ގޮތުގައި އެޓޯލް ސެއިލާ އިން ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގައްބެ އެ ރަށަށް ކައިރި ކުރާނެ ކަމަށް ލަފާކޮށް މައުލޫމާތު ދީފަ އެވެ. އަދި މިހާރު އެ ރަށުގެ ރައްޔިތުން، ގައްބެ އަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުންދާ އަންނަ ކަމަށް ވެސް ގޮއިދޫ ކައުންސިލުން ބުނެޏެވެ.
މި ހަރަކާތުގެ އެއް މީޑިއާ ޕާޓްނަރު ކަމަށްވާ “ހަވީރަ” އަށް ގައްބެ ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ރަށްރަށުން އޭނާއަށް ލިބޭ ތަރުހީބާއި ލޯތްބާ މެދު އޭނާ ހައިރާންވެ އެވެ. ދަތުރުގެ ވަރުބަލިކަން ފިލައިގެން ދަނީ އެ ތަރުހީބުގެ ސަބަބުން ކަމަށް ގައްބެ ވަނީ ބުނެފަ އެވެ.
“އެންމެން އެހެން ހެވިލާފައި އަތިރިމައްޗަށް ނިކުމެ ތިބޭ މަންޒަރު ހާދަ ރީއްޗޭ،” ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑު ހުރަސް ކުރުމަށް ފަހު ގައްބެ “ހަވީރަ” ށް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ވެސް ބައިވެރިވާ ގައްބެގެ މި ދަތުރުގައި އެކި ރަށްރަށުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި އެޓޯލް ސެއިލާ އިން ގެންދަނީ ރަށްރަށުގެ ތާރީޚީ އަދި ގުދުރަތީ މަންޒަރުތައް، ގައްބެ ބޭނުންކޮށްގެން ނަގަމުންނެވެ.
އެޓޯލް ސެއިލާ އިން ބުނި ގޮތުގައި ގައްބެ މިރޭ މަޑުކުރާނީ ގޮއިދޫގަ އެވެ.
ކުރާނެ ކަމެއް ނެތިއްޔާ ދެން ކޮންމެވެސް ކަމެއް ކުރަންޖެހޭނެތާދޯ…