ބ. ކެންދޫ ފަރު ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.
ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންދޫ ކައުންސިލާއި ސީކް ޖަމިއްޔާ އާއި ވިނާސް ބޯއީސް އަދި ކަމަދޫ ޑައިވް ވޯޓަ ސްޕޯޓްސް ގުޅިގެން ކެންދޫ ފަރު ސާފުކުރަން ހިންގި މި ހަރަކާތުގައި 100 އެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ދިހަ އަހަރުން މަތީގެ ކުޑަކުދިންނާއި އަންހެނުން ވެސް ބައިވެރިވި އެވެ.
ފަރު ސާފުކުރުމުގެ އެ ހަރަކާތާ ގުޅުވައިގެން ޑައިވިން އާއި ސްނޯކްލިން ތަރުރިބާ ކޮށްލުމުގެ އިވެންޓެއްވެސް ވަނީ ބާއްވައިފަ އެވެ.