ބ. އޭދަފުށީ އަމާންވެށީގައި އުޅޭ ކުދިންނާއެކު، އެތަނުގައި ނައިބް ރައީސް ފައިސަލް ނަސީމް ވަޅު އީދު ދުވަހު ވަގުތުކޮޅެއް ހޭދަކުރައްވައިފި އެވެ.
އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އޭދަފުށީ އަމާންވެށީގައި ބަލަހައްޓާ ކުދިންނާ އެކު ނައިބް ރައީސް އިއްޔެ ވަނީ ބައެއް ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ނައިބް ރައީސް އިއްޔެ މެންދުރުފަހު އޭދަފުއްޓަށް ވަޑައިގެން އަމާންވެށީގެ ހޭދަކުރެއްވި ވަގުތުކޮޅުގައި އެތަނުގައި އުޅޭ 18 ކުއްޖަކާއި އެތަނުގައި އެ ކުދިން ބަލަހައްޓާ މުވައްޒަފުންނާއި ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުން ބައިވެރިވި އެވެ.
ނައިބް ރައީސް އިއްޔެ އަމާންވެއްޓަށް ކުރި ޒިޔާރަތުގައި އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އިތުރުން އެތަނުގައި ހަދާފައިހުރި ފިނި މައިޒާނެއް ވެސް ވަނީ ހުޅުވައިދެއްވާފަ އެވެ.