ކެންދޫގައި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފި

ކެންދޫ ސްކޫލުގެ ދަރިވަރުންތަކެއް
ކެންދޫ ސްކޫލުގެ ދަރިވަރުންތަކެއް

 

ބ. ކެންދޫ ސްކޫލުގައި އޭ ލެވެލްއަށް ކިޔަވައިދޭން ފަށައިފި އެވެ

ކެންދޫ ސްކޫލުން ބުނީ 16 ދަރިވަރުންނާއެކު މަތީ ސާނަވީ ތައުލީމު އެ ސްކޫލުގައި ދެވަނަ ޓާމާއެކު ފަށާފައިވާ ކަމަށާއި އޭލެވެލްގައި ކިޔަވައިދެނީ ބިޒިނަސް ސްޓްރީމްގެ މާއްދާތައް ކަމަށެވެ. ނަމަވެސް ގިނަ މާއްދާތައް ކިޔަވައިދޭ ޓީޗަރުން އަދި ހަމަނުވާ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

190 އެއްހާ ކުދިން ކިޔަވަމުން އަންނަ ކެންދޫ ސްކޫލުގައި އޭ ލެވަލަށް ކިޔަވައިދޭން ފެށުމުން ބ. އަތޮޅުގައި ތިން ސްކޫލެއްގައި އޭ ލެވަލަށް މިހާރުދަނީ ކިޔަވައިދެމުންނެވެ. އެއީ ކެންދޫގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒާއި ހިތާދޫ ސްކޫލެވެ. މީގެ އަހަރުތަކެއް ކުރިން މިއަތޮޅު ތުޅާދޫ ސްކޫލުގައިވެސް އޭ ލެވެލްއާ ހަމައަށް ކިޔަވައިދީފައިވެ އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން އޭ ލެވެލް ކްލާސްތައް ވަނީ ހުއްޓާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Abdul muhaimin

    މިއީ ވަރަށް ގިނަ ސުކޫލު ތަކުގައި ކޮށްފައިވާ ތަޖުރުިބާއ އެއް. ކުރީން އޭލެވެލް އަށް ކިޔަވައިދެމުން ގެންދިޔަ ބައެއް ސުކޫލުތަކުން ކުދީން ނުލިބުމުގެ ސަބަބުން މިހާރު ހުއްޓާލާފައި ވާކަން ފާހަގަކޮށްލެވޭ. އުއްމީދު ކުރަނީ ކެންދޫ ސުކޫލުގެ ދަރިވަރުންނަށް މިފަދަ ގޮތެއް މެދުވެރިނުވެ ކުރިޔަށް ދެވުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.