ސީސީއިން އިންތިޒާމުކޮށްގެން ފިތުރު ޢީދާ ދިމާކޮށް ފުޓްސަލް މުބާރާތެއް ބާއްވައިފި

Vela City Champion
މުބާރާތުގެ ޗެމްޕިއަން ވެލާ ސިޓީ / އީޓީ ފޮޓޯ: ސައިނޯސާ ރާއި

މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށް ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ޔޫތު ކަޕް 2014 ގެ ނަމުގައި 18 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.

މުޅި ޖުމްލަ 5 ޓީމު ވާދަކުރި މި މުބާރަތް ފެށީ ޢީދެ ދުވަހު ހަވީރެވެ. މުބާރާތް ފައްޓައިދިން މެޗުގައި ކުޅުނީ ވެލާ ސިޓީ އާއި ޑައުން ޓައުން އެވެ. މި މެޗު 6-2 އިން ކާމިޔާބުކުރީ ވެލާ ސިޓީ އެވެ.

matches
ލީގު ބުރުގެ މެޗުތަކުގެ ނަތީޖާ

ީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ވާދަކުރަން ޖެހޭ މި މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރަން ޖެހުނީ މުބާރާތް ހުޅުވައިދިން ދެޓީމު ކަމަށްވާ ވެލާ ސިޓީ އާއި ޑައުން ޓައުން އެވެ.

ލީގު ބުރުގެ ތާވަލު
ލީގު ބުރުގެ ތާވަލު

ފައިނަލް މެޗު އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ (31 ޖުލައި) ހަވީރުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު މެޗުގެ ނަތީޖާ 1-1 ގައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ވެލާ ސިޓީ ކުރިހޯދީ 4-2 އިންނެވެ. ވެލާ ސިޓީއިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު ޑައުން ޓައުންގެ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސިޓީގެ ގޯލްކީޕަރު އިބްރާހިމް މޫސާ އެވެ.

މުޅި މުބާރާތުގައި 7 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޑައުން ޓައުންގެ އަލީ ނާއިލް ނިމާލެވެ. އަދި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހަމަ އެޓީމުގެ އަހުމަދު ޝިއާނެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ކިންގް ސްޕޯޓްސްގެ މުއައްވަޒު އަލީ އާއި، ޑައުން ޓައުންގެ އަލީ ނާއިލް ނިމާލުގެ އިތުރުން ވެލާ ސިޓީގެ ރައްޒާން ރަޝީދު، އުނައިސް ޒުބެއިރު އަދި އިބްރާހީމް މޫސާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.