ކައުންސިލަރުގެ މަގާމުގައި އިތުރަށް ދެމިހުންނަން ބޭނުން ނުވާކަމަށް ބުނެ، ފުޅަދޫ ކައުންސިލްގެ ނައިބު ރައީސާ ހައްވާ ޝާހީން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހައްވާ ޝަހީން އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އާދީއްތަ ދުވަހު އެވެ.
ހައްވާ ޝާހީންގެ އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި އިތުރަށް ދެމިހުންނަން ބޭނުން ނުވާތީ ކަމަށެވެ.
އެމްޑީޕީ ތަމްސީލު ކުރައްވަމުން ދިޔަ ޝާހީން މަޤާމުން އިސްތިއުފާ ދެއްވުމާއި އެކު، ފުޅަދޫ ކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީގެ ދެ މެމްބަރުންނާއި ޖޭޕީގެ ދެ މެންބަރުންނެވެ.