ރަށުން ބޭރު ބަޔަކަށް ދަރަވަންދޫން ގޯތި ދޫކުރަން އެންގުމުން މުޒާހަރާ ކޮށްފި

ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.
ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.

 

ޅ. މާފިލާފުށިން ބަޔަކު ނަގާފައިވާ 13 ގޯއްޗެއްގެ ބަދަލުގައި ބ. ދަރަވަންދޫން ގޯތި ދޫކުރަން އެންގުމުން އެ ރަށު ރައްޔިތުން ހިތްހަމަނުޖެހި އެ ކަމާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

ދަރަވަންދޫ މީހަކު ބުނީ ޕީޕީއެމަށް ނިސްބަތްވާ 13 މީހަކު މިހާރު ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާފައި އޮތް މާފިލާފުށިން ކުރިން ނަގާފައިވާ ގޯތީގެ ބަދަލުގައި ދަރަވަންދޫން ގޯތި ދިނުމަށް ހައުސިން މިނިސްޓްރީން ރަށު ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އަންގާފައި ވަނީ ދަރަވަންދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ލިބެންޖެހޭ 40 ގޯތީގެ ތެރެއިން 13 ގޯތި އެ ފަރާތްތަކަށް ދިނުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ހައުސިން މިނިސްޓްރީން އެ ގޮތަށް ހަމަޖެއްސިކަން އެނގިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް އެ ވާހަކަތައް ހިއްސާ ކުރުމުން ކަމަށާއި ގޯއްޗަށް އެދިފައިވާ ފަރާތްތަކާއި ރައްޔިތުންނަށް އެކަން އެނގުމުން އެކަމާ ނުރުހުންފާޅުކޮށް އިހުތިޖާޖު ކުރަން ފެށި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.
ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.

 

ދަރަވަންދޫން މައުލޫމާތު ދިން މީހަކު ބުނީ އިއްޔެގެ ހުކުރު ހުކުރު ނަމާދަށް ފަހު ވެސް އެރަށުގައި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރިޔަށްދިޔަ ކަމަށެވެ.

ބ. ދަރަވަންދޫ ކައުންސިލްގެ ނާއިބު ރައީސް އަލީ މާޖިދު ރާއްޖެ އެމްވީއަށް ވިދާޅުވީ، 24 ފެބްރުއަރީ 2015 ގެ ކުރިން މި 13 ގޯތި ހަމަޖެއްސުމަށް އެދި 5 ފެބްރުއަރީ 2015 ގައި ހައުސިން މިނިސްޓްރީން ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުވާފައި ވާކަމަށެވެ. އަދި ކައުންސިލުން އެ ސިޓީގެ ޖަވާބުގައި ރަށުގެ ހާލަތު ހުރިގޮތާއި ގޯއްޗަށް އެދިފައިވާ މީހުންގެ އަދަދާއި އެއީ ކޮންބަޔަކަށް ދޭ 13 ގޯއްޗެއްތޯ ސުވާލުކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް ރަށުން ބިން ދެވެން ނެތް ކަމަށް ވެސް ޖަވާބުގެ ސިޓީގައި ވާނެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ 29 މާރޗުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން 15 ބޭފުޅުންގެ ވަފުދެއް އެރަށަށް ޒިޔާރަތްކޮށް ކައުންސިލަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ހަފުތާއެއް ތެރޭގައި އެ 13 ގޯތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ހައުސިން މިނިސްޓަރު އެންގެވި ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކަމުގައި ބ. ދަރަވަންދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، މިނިސްޓްރީން ބުނާ ގޮތަށް މަސައްކަތް ނުކުރާ ނަމަ ކައުންސިލް އިދާރާއާ މެދު ފިޔަވަޅުއަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމުގައި ވެސް މާޖިދު ވިދާޅުވި އެވެ.

ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.
ބ. ދަރަވަންދޫ މީހުން އިހުތިޖާޖުކުރަނީ.

 

ބ. ދަރަވަންދޫގައި 136 ފަރާތެއް ގޯއްޗަށް އެދިފައިވާއިރު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 40 ގޯއްޗެކެވެ. އަނެއް ކޮޅުން އެ ރަށުގައި އެއާޕޯޓް ހުޅުވުމާ ގުޅިގެން އެ ރަށުގެ ބިމުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ގޮތުން ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެ ގޯތިތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Demha

    13 އާއިލާއަށް ގޯތި ދިނުމަށްފަހު ދަރަވަމްދޫ މީހުން މާފިލާފުއްޓަށް ބަދަލުވުން އެއީ ތިކަމުގައި އޮތް ހައްލަކީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.