ކިހާދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމު ކުރަނީ

ކިހާދޫއަށް ބޯފެން ގެނައުމަށް ޒުވާނުންގެ ބަޔަކު ހަރަކާތްތެރިވަނީ- ފޮޓޯ: ފޭސްބުކް- ހުސެން
ކިހާދޫއަށް ބޯފެން ގެނައުމަށް ޒުވާނުންގެ ބަޔަކު ހަރަކާތްތެރިވަނީ- ފޮޓޯ: ފޭސްބުކް- ހުސެން

 

ބ. ކިހާދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަމަންޓް މިނިސްޓްރީން އަމިއްލަ ފަރާތަކާ ހަވާލު ކޮށްފި އެވެ.

ހޫނު މޫސުމުގައި ބޯފެނަށްޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރ އަތޮޅު އަދި ބ އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބ. ކިހާދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މ ިއެއްބަސްވުމުގެ ދަށުން ކިހާދޫގައި ބަހައްޓަނީ 5000ލީޓަރުގެ 10 ކަޅުހަމެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި މި މަސައްކަތްނިންމާ ހަވާލުކުރަންޖެހެ އެވެ.

ކިހާދޫ ކައުންސިލުން ބުނިގޮތުގައި މި ނިޒާމު ގާއިމްކޮށް ނިމުމުން ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި އެރަށުން ބޯފެން ހުސްވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ. އަދި މިހާރު ގާއިމް ކުރާ ވާރޭނަގާ ރައްކާކުރާ ނިޒާމްގެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ބާފެން ފޯރުކޮށްދިނުމަށް 105000 ލީޓަރު ގެ ވާރޭފެން ރައްކާކުރެވޭނެ ކަމަށްވެސް އެރަށު ކައުންސިލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.