ވަގަށް ނެގި ޖީޕީއެސް އެއް ހޯދައި މީހަކު ހައްޔަރު ކޮށްފި

ކަމަދޫ ބަނދަރުގައި އޮތް ބޯޓަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ޖީޕީއެސް - ފޮޓޯ: ޕޮލިސް
ކަމަދޫ ބަނދަރުގައި އޮތް ބޯޓަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ޖީޕީއެސް – ފޮޓޯ: ޕޮލިސް

ބ. ކަމަދޫ އުތުރު ފަރާތު ބަނދަރުގައި އޮތް އޮތް ބޯޓެއްގެ ޖީޕީއެސް ވަގަށް ނަގާފައިވަނިކޮށް އެ ޖީޕީއެސް ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެްސފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބ. ކަމަދޫ އުތުރު ފަރާތު ބަނދަރުގައި އޮތް ބޯޓަކުން ޖީޕީއެސްއެއް ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެދުވަހުގެރޭ 11:45 ހާއިރު ކަމަދޫ އުތުރު ފަރާތު ބަނދަރުމަތިންނެވެ.

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޖީޕީއެސް ފެނިފައިވަނީ މިމީހާ ހިފައިގެން ދިޔަ ކޮތަޅެއް މޫދަށް އެއްލާލި ވަގުތު އެކޮތަޅު ނަގައި ބަލައިފާސްކުރިއިރު އެކޮތަޅު ތެރެއިންނެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ތޫނު ހަތިޔާރުން ބިރުދެއްކުމާއި މަސްތުވާތަކެއްޗާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.