ދަރަވަންދޫ ރައްޔިތުންނަށް ކައުންސިލުން ވަނީ އޮޅުވާލާފައި: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު

 

ބ. ދަރަވަންދޫ ރައްޔިތުންނަށް އެ ރަށު ކައުންސިލުން ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ދެއްވި އިއްޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނަށް ގޯތި ހޯދުމުގެ ފުރުސަތު އެ ރަށުގައި ނެތް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެ ރަށު ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް މިނިސްޓްރީން ނާޅާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ދަރަވަންދޫ ރައްޔިތުންނަށް ގޯތި ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ދަރަވަންދޫ ކައުސިލަށާއި ބ. އަތޮޅު ކައުންސިލަށް ވެސް ވަނީ އަންގާފަ އެވެ. އަދި ދަރަވަންދޫގެ ތަރައްގީއަށް ބޭނުންވާ ބިންތައް ކަނޑައެޅުމަށްފަހު މިނިސްޓްރީ އަށް އެންގުމަށް ވެސް އަންގާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ދަރަވަންދޫން "ބޭރު" ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ދަރަވަންދޫން “ބޭރު” ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

“ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އެއްވެސް ހުރަހެއް މިނިސްޓްރީއަކުން ނާޅަން. ކައުންސިލުން އެކަން ކުރިއަށް ގެންދަން ބޭނުން ނަމަ އެކަން ކުރިއަށް ގެންދެވޭނެ. އެހެންވީމަ ކައުންސިލުން ދަރަވަންދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުވާނުލައި ނުވަތަ އެ މަސައްކަތް ނުކޮށް މިނިސްޓްރީ {ހައުސިން މިނިސްޓްރީ} އިން އެކަމަށް ހުރަސް އަޅަނީ ކަމަށް ބުނެ މަސައްކަތް ކުރަމަކީ ވަރަށް ހިތާމަވެރި ކަމެއް،” މިނިސްޓަރު ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެ އެވެ.

“އަޅުގަނޑުމެން ވާނީ ދަރަވަންދޫ ކައުންސިލަށް އަތޮޅު ކައުންސިލް މެދުވެރިކޮށް ދަންނަވާފައި ގޯތި ދޫކުރުމަށް އާ ބުރެއް ހުޅުވާލަން ބޭނުންވާނަމަ މިނިސްޓްރީ އަށް ބިމުގެ ބަޖެޓު ހަދާފައި ފޮނުވުމަށް،” މުއިއްޒު ވިދާޅުވި އެވެ.

ދަރަވަންދޫން "ބޭރު" ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ދަރަވަންދޫން “ބޭރު” ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

ޅ. މާފިލާފުށިން މީހުން ހުސްކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި މާލެ ސަރަހައްދުން ނޫން ހިސާބަކުން ގޯތި ބޭނުން ނަމަ މިނިސްޓްރީއަށް އެންގުމަށް އެ ރަށު ރައްޔިތުންގެ ގާތު ބުނެފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާފިލާފުށީ 13 ފަރާތަކުން ވެސް ދަރަވަންދޫ އިން ގޯތި ބޭނުންވާކަން ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ދަރަވަންދޫން "ބޭރު" ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ދަރަވަންދޫން “ބޭރު” ބަޔަކަށް 13 ގޯތި ދޫކުރުމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

 

ދަރަވަންދޫގެ ގިނަ ބަޔަކު ގޯއްޗަށް އެދިފައިވަނިކޮށް، ގޯތި ދިނުން މަޑުޖައްސާލާފައި ވަނީ ހައުސިން މިނިސްޓްރީން އަންގައިގެންނެވެ. އެކަމުގެ ހިތްހަމަނުޖެހުމުގައި ތިއްބައި، ޅ. މާފިލާފުށިން ދަރަވަންދު އަށް ބަދަލުކުރާ މީހުންނަށް އެ ރަށުން 13 ގޯތި ދޭން ކެބިނެޓުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން ތަންފީޒުކޮށްދޭން ހައުސިން މިނިސްޓްރީން އެންގުމުން، މިމަހު ކުރީ ކޮޅުން ފެށިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކުރަމުން އައި މުޒާހަރާ މިދިޔަ ހުކުރު ދުވަހު ހަވީރު ނިންމާލި ނަމަވެސް ސަރުކާރު އިދާރާ ތަކަށާއި ރައީސް ޔާމީނަށް ފޮނުވުމަށްޓަކައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ހަރަކާތެއް މިހާރުވަނީ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. FATAAS

    މިވެގެން އުޅޭގޮތަކީ ސަރުކާރުގެ ބާރުހިގާ ބަޔަކު އަޑީގައިތިބެގެން މެޑަމް ލައްވާ ކުރުވާކަމެށްތީ ގޯތިބޭނުން ވެގެން އުޅޭ މީހުންގެ ލިސްޓު ސަރުކާރުން ހާމަނުކުރަނީ ކޮންމެވެސް ކަމެއްވެގެންދޯ ދަރަވަންދޫގެ ބިން ޕުލޭން ކުރިއިރަކު އެ 13 ގޯތީގެ ވާހަކަ ނުވެސް އާދޭ. އަދި މިހާރު ތިބުނާ ރަށުގައިތިބީ 2 އާއިލާ ސަންގުގެރިވެސް ކޮމެންޓު ލިޔާައިރު ހަގީގަތް ބަލާފަ ލިޔެބަލަ. އަދި ކައުންސިލަރުން ފަލީހަތްކުރާތީ މިނިސްޓަރު އެދުވަހު ރުޅިއަައިސްގެން ދަމާފަ އިން ތުބުގެ ފޮޓޯއެއް އަދި އެދުވަހުގެ ޔައުމިއްޔާ ނޫސްތަކަށް ދީބަލަ އޭރުން އަނެއްކާ މޮޅު އެއްްޗެއް ކިޔާނެ ތޯއްޗެއް….

    ރައްދު
  2. sanagu geri

    މުޒާހިރާ ކުރަންވީ ކައުންސިލާ ދެކޮޅަށް، އެއީ މަކަރާ ހީލަތުން އޮޅުވާލައިގެން ކައުންސިލް ބޭނުންވާ ބަޔަކަށް ދަރަވަންދޫން ގޯތިދިނުމުގެ ސަރުތު ގަދަކަމުން ފުރިހަމަކުރީތީ. އެކަން ފޫބައްދަން ދަނޑިވަޅު ބަލާފަ 13 ގޯތީގެ ވާހަކަ އެދައްކަނީ ރައްޔިތުންގެ ހައްގުގަ ކަމަށް ދައްކައިގެން ކައުންސިލަރުން ފިލާތިބެގެން ރަށުގަތިބި މޮޔައިން ވާވައްދައިގެން. ގޯތި ދޫކުރަނީ ދިރި އުޅެން ، އެކަމަކު ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގިނަޢަދަދެއްގެ ގޯތިވަނީ ދިރިނޫޅެ ދިގުމުއްދަތަކަށް ގެސްޓްހައުސްގެ ވިޔަފާރިއަށް ކުއްޔަށްދީފަ. އަދި ބައެއްގޯތިވަނީ ބޮޑުއަގުގަ ވިއްކާހަދާފަ. މިއީ ކަނޑައެޅިގެން ގޯތިދޫކުރި ބޭނުމާ ޚިލާފަށް ކޮށްފަހުރި ކަންތައްތައް. މިކަން ކުރަނީ ކައުންސިލަށްވެސް އެނގިގެން، ދިރިއުޅެން ދޫކޮށްފައިވާ ބިންތަކުގައި ދިރި ނޫޅެ ގެސްޓަހައުސް ހަދަން ފޫގަޅައިގެންއުޅޭ އެކެއްގެ ތެރޭގައި ކައުންސިލަރަކުހިމެނޭ. މީ ހަގީގަތަކީ، ވީމާ ހަގީގަތުގައިވެސް ދިރިއުޅެން ގޯތިބޭނުންވެގެން އުޅޭބަޔަކަށް ގޯތިދޭންވީ، އެއީ ރަށުންބޭރު ބަޔަކަށް ކަމުގައިވީނަމަވެސް، ދިރިއުޅުމުގެ ނަމުގަ ގޯތިނަގާފަ ގެސްޓްހައުސް ވިޔަފާރިކުރަން ގޯތިދިނުމުގެ ބޭނުމެއްނެތް، ރަށުންބޭރުބަޔަކަށް 13 ގޯތި ދިނުމެކޭ ގޯތިނަގާފަ ދިގުމުއްދަތައް ގެސްޓްހައުސް ފިޔަފާރިހިންގުމަށް ބޭރުބަޔަކަށް ކުއްޔަށްދިނުމެކޭ ތަފާތެއްނެތް. މުޒާހިރާ ކުރަންވީ ކައުންސިލަރުންގެ ގޭގެ ދޮށުގަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.