ކެންދޫގައި ލޯންޗަކާއި ދެ ދޯންޏެއް އަންދާލައިފި

ކެންދޫގައި ރޭ ފަތިހު ދެ ދޯންޏެއްގައި ރޯކޮށްލާފައި.
ކެންދޫގައި ރޭ ފަތިހު ދެ ދޯންޏެއްގައި ރޯކޮށްލާފައި.

ބ. ކެންދޫގައި ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކާއި ދެ ދޯންޏެއް ރޭ ފަތިހު އަންދާލައިފި އެވެ.

12 މީހުންގެ ޖާގައިގެ ފައިބާ ގްލާސް ލޯންޗަކާއި 40 ފޫޓުގެ ފައިބަރު ދޯންޏަކާއި 70 ފޫޓުގެ ފައިބަރު ދޯންޏެއް އަންދާލިކަން ރައްޔިތުންނަށް އެނގުނީ ފަތިހު ހަތަރެއް ޖަހާކަންހައިރު އެވެ.

ކެންދޫގައި އަންދާލީ އެ ރަށުގައި ދުއްވާ “ފެހިވިނަ” ލޯންޗެވެ. އަދި 40 ފޫޓުގެ ދޯންޏަކީ “ސަރަކަ” ދޯންޏެވެ. މީގެ އިތުރުން 40 ފޫޓުގެ ދޯންޏަކީ “ހޯރަ” އެވެ. މި ތިން އުޅަދަކީވެސް އެ ރަށުގައި މިހާރު ވެސް ބޭނުންކުރާ ތަފާތު ތިން މީހެއްގެ އުޅަދު ތަކެވެ.

ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭތޯ އުޅުނު ނަމަވެސް އެކަމެއް ކާމިޔާބެއް ނުވެ އެވެ.
ކެންދޫ ކައުންސިލުގެ ރައީސް އަބްދުލް ޣައްފާރު ގާސިމް ވިދާޅުވީ އެ ދެ ދޯންޏަކީ އެ ރަށުގައި އެންމެ ފަހުން ބަނދެފައިވާ ދެ ދޯންޏާއި ވަރަށް ފަހުން ގަތް ލޯންޗެއް ކަމަށެވެ. ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވޭތޯ އުޅުނަސް އެކަމެއް ނުވި ކަމަށާއި ޕެޓްރޯލް ހުރުމުން ގިނަ މީހުންނަށް ކައިރި ވާކަށް ވެސް ނުކެރުނު ކަމަސް ކެންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ލޯންޗާއި 40 ފޫޓުގެ ދޯނި އަނދައި ހުލިވެ މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. ހަތްދިހަ ފޫޓުގެ ދޯނި އަނދަމުން ގޮސް މިހާރު އަޑިއަށް ދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.