ހުވަނީގެ ސަބަބުން ހިތާދޫ ޕްރީސްކޫލުގެ ކިޔެވުން ބަންދު

ޖެނުއަރީ 2015 ގައި ހިތާދޫ ކައުންސިލާ ކޮކޯޕާމް އެހީގައި ހިތާދޫގައި ހުވަނި ބޭސް ޖަހަނީ ފައިލްފޮޓޯ- ހިތާދޫ އޮންލައިން
ޖެނުއަރީ 2015 ގައި ހިތާދޫ ކައުންސިލާ ކޮކޯޕާމް އެހީގައި ހިތާދޫގައި ހުވަނި ބޭސް ޖަހަނީ ފައިލްފޮޓޯ- ހިތާދޫ އޮންލައިން

 

ހުވަނީގެ ސަބަބުން ކިޔަވައި ދިނުމަށް ދަތިވެ، ދަރިވަރުންނަށް ރައްކަތެރި ނޫން މާހައުލަކަށް ވެފައިވާތީ ބ. ހިތާދޫ ޕްރީސްކޫލުގެ ކިޔެވުން މިއަދު ބަންދު ކޮށްފި އެވެ.

އެ ސްކޫލުން ބުނީ އިއްޔެ ސްކޫލުގެ ބޭރުގައި ހުރި ގަސްތަކުގައި ހުވަނީ އަޅާފައި ހުރި ކަމަށާއި މިއަދު ސްކޫލުގެ ގޯތި ތެރެއަށް ހުވަނި ފެތުރިފައިވާތީ ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ނޫންތަނަކަށް މިވަގުތު ވެފައިވާތީ މިއަދު ސްކޫލުގެ ކިޔެވުން ނުބާއްވަން ނިންމީ ކަމަށެވެ.

ހުވަނީގެ މައްސަލަ ހިތާދޫ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ހިތާދޫ ޕްރީސްކޫލުން ބުންޏެވެ.

ހިތާދޫ ކައުންސިލުގެ ރައީސް ޢަބްދުއްރަޝީދު ވިދާޅުވީ އެރަށު ޕްރީސްކޫލުގެ އިތުރުން ރަށުގެ އެކި ސަރަހައްދު ތަކުގައި ހުވަނި އަޅާފައިވާ ކަމަށެވެ. އަދި ހުވަނީގެ މައްސަލަ ހައްލު ކުރުމަށް ކައިރި ރިސޯޓުތަކުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި ސޮނެވާފުށީގައި މި ޚިދުމަތް އައުޓުސޯސް ކޮށްފައިވާތީ، އެހީވެދެއްވެން ނެތްކަމަށް ޖަވާބު ދެއްވިކަމަށާއި އެހެން ރިސޯޓަކުން ޖަވާބު ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“އަތޮޅު ކައުންސިލުން ވަނީ ފައިސާ ހަމަޖެހޭނެ ކަމަށް ވިދާޅުވެފައި، މި ބަލަނީ ބޭސް ހޯދޭތޯ” އަބްދުއް ރަޝީދު ވިދާޅުވި އެވެ.

ހިތާދޫގައި ހުވަނީގެ އުނދަގޫ ބޮޑުވެގެން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ކޮކޯޕާމް ދުނިކޮޅުގެ އެހީގައި ހުވަނިބޭސް ޖަހާފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. kihaadhoo dhobe

    ހުވަނި މަދުވަންދެން ހިތާދޫ މީހުން ބ . ކިހާދުއަށް ބަދަލު ކުރަން ފެނޭ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.