ކެންދޫ ކައުންސިލް ފުޓްބޯޅަ މުބާރާތް ފަށައިފި

ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް
ކެންދޫ ކައުންސިލު ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް

 

ބ. އަތޮޅު ކެންދޫގައި، އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

ޖުމްލަ ހަ ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ގްލޯރިއަސް ވިކްޓަރީ އާއި ބީއެލްޓީއެފްސީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ގްރޫޕް އޭގައި މިދެ ޓީމުގެ އިތުރުން ދެން އޮތީ އެފްސީ ވެންގާޑް އެވެ.

ގްރޫޕްބީގައި އޮތީ ނިއު ސްޓާ އެފްސީ އާއި ވިނާސް ބޯއީސް އަދި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ކެންދޫގެ ކުޅުންތެރިންގެ އިތުރުން ރަށުން ބޭރުގެ ކުޅުންތެރިން ވެސް ވާދަކުރެ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ފަހު ސެމީ އަށް ދާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބ. އަތޮޅަކީ ރާއްޖޭގެ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގައި ކުޅޭ މަޝްހޫރު އެތައް ކުޅުންތެރިންނެއް ނިސްބަތްވާ އަތޮޅެކެވެ. އެގޮތުން އެ އަތޮޅު އޭދަފުށިން ވަނީ ގައުމީ ޓީމަށް އެތައް ކުޅުންތެރިންނެއް ނެރެދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.