ތިމާވެށީގެ ދުވަސް ފާހަގަކުރުން

ބ. އަތޮޅުގައި ތިމާވެށީގެ ދުވަސް ފާހަގަކުރުން
ބ. އަތޮޅުގައި ތިމާވެށީގެ ދުވަސް ފާހަގަކުރުން

 

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައޮސްފިއާ ރިޒާވް އޮފީހާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ބ. އަތޮޅު ކައުންސިލު ގުޅިގެން ހަރަކާތްތަކެއް ހިންގައިފި އެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރީ ގޮއިދޫގަ އާއި ތުޅާދޫގަ އެވެ. އެގޮތުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގޮއިދޫ ކޯރު ސަރަަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެވަނީ އެރަށުގައި ހިންގައިފަ އެވެ.

ތިމާވެށިގެ ދުވަސް ފާހަގަ ކުރުމަށް ގޮއިދޫ ކޯރު ސަރަހައްދު ސާފުކުރަނީ
ތިމާވެށިގެ ދުވަސް ފާހަގަ ކުރުމަށް ގޮއިދޫ ކޯރު ސަރަހައްދު ސާފުކުރަނީ

 

ބަޔޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި އަތޮޅު ކައުންސިލު އިދާރާގެ މުވައްޒަފުން އަދި ގޮއިދޫ ކައުންސިލުގެ މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޯރު ސަރަހައްދު ހޭޅިފަށުން ގިނަ އަދަދެއްގެ ކުނި ނަގާފައިވެ އެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތުޅާދޫ ހިއްކި ސަރަހައްދު ފެހި ކުރުމުގެ ޕްރޮގްރާމެއްވެސް އިއްޔެވަނީ ހިންގައިފަ އެވެ. އެގޮތުން އެ ރަށު ހިއްކި ސަރަހައްދުގައި ގިނަ އަދަދެއްގެ ގަސް އިންދާފައިވެ އެވެ.

ތިމާވެށިގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫ ހިއްކި ބިން ފެހި ކުރުމަށް ބޭއްވި ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން
ތިމާވެށިގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫ ހިއްކި ބިން ފެހި ކުރުމަށް ބޭއްވި ގަސްއިންދުމުގެ ޕްރޮގްރާމުގެ ތެރެއިން

 

މި ދެ ރަށުގައި ހިންގި ހަރަކާތްތަކުގައިވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ދީދީ އާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. އަދި ބައޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި އަތޮޅު ކައުންސިލުގެ މުވައްޒަފުންގެ އިތުރުން ތުޅާދޫއާއި ގޮއިދޫ ކައުންސިލުގެ މުވައްޒަފުން ބައިވެރިވި އެވެ.  އަދި އެ ދެރަށުގެ ސްކޫލުތަކުގެ ތިމާވެށި ކްލަބުގެ ދަރިވަރުންނާއި ޓީޗަރުންވެސް ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.