ތިމާވެށީގެ ދުވަހާ ގުޅުވައިގެން އަނަންތަރާއިން ފަޅުތެރެ ސާފުކޮށްފި

ތިމާފެށީގެ ދުވަސް ފާހަގަ ކުރުމަށް އަނަންތަރާ ކިހަވައް ވިލާސް ފަޅުތެރެ ސާފުކުރުމަށް ބައިވެރިވި ފަރާތްތައް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ / އަނަންތަރާ
ތިމާފެށީގެ ދުވަސް ފާހަގަ ކުރުމަށް އަނަންތަރާ ކިހަވައް ވިލާސް ފަޅުތެރެ ސާފުކުރުމަށް ބައިވެރިވި ފަރާތްތައް ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ / އަނަންތަރާ

 

 

މައިނާ ފައުންޑޭޝަންދުވަސް އަދި ތިމާވެށިގެ ދުވަހާ ގުޅިގެން އަނަންތަރާ ކިހަވަށް ވިލާސްގެ ފަޅަށް އެޅިފައިވާ ކުނިނަގައި ސާފުކޮށްފި  އެވެ.

އަނަންތަރާ ކިހަވައް ވިލާސް އިން ބުނީ، ހޮނިހިރު ދުވަހު މެންދުރުފަހު އަނަންތަރާ ރިސޯޓްގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި އަނަންތަރާ މުވައްޒަފުންގެ އިތުރުން ބ. އަތޮޅު ކުޑަރިކިލުގެ ޒުވާނުންވެސް ބައިވެރިވިކަމަށެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ސާޅީހަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިޔަށްގެންދިޔަ މިހަރަކާތުގެ ދަށުން ރިސޯޓްގެ ފަޅުއެކީ ސާފުކޮށް ހަތަރު ޕިކަޕްގެ ކުނި ނެގުނެވެ.

މައިނާ ފައުންޑޭޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އަނަންތަރާ ކިހަވަށް ވިލާގައި ހުކުރު ދުވަހު ވަނީ ބްލަޑް ޑޮނޭޝަން ކޭންޕެއްވެސް ހިންގައިފަ އެވެ. އަދި މާދަމާ ބ. ކުޑަރިކިލު ހުކުރު މިސްކިތް ފޮޅާ ފާރުތަކުގައި ކުލަލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.