ކޮވިޑް-19: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިރާގުން ޑިސްކައުންޓް ދެނީ

ކޮރޯނާ އާއި ގުޅިގެން ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކަށް ހާއްސަ އިނާޔަތެއް ދޭން ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ ކޮރޯނާގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށް އެ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހުފީ އިން 25 ޕަސެންޓް ޑިސްކައުންޓެއް މާރޗު އަދި އެޕްރިލް މަހު ދޭން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް 25 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ކޮރޯނާއާ ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ދީފައިއެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޮބައިލް ހިދުމަތާއި އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދޭން ނިންމައިފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަަތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.