އަތޮޅުގެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރާ ދަތިނުވެ ލިބޭނެ: ގޮއިދޫ ކައުންސިލް

img_3421

 

ކުރިއަށް އޮތް ރޯދަމަހު ބ. އަތޮޅުގެ ރަށްރަށަށް ބޭނުންވާވަރަށް، ކަރާ މިއަތޮޅު ގޮއިދޫގެ ދަނޑުތަކުން ދަތިނުވެ ލިބޭނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވި ގޮތުގައި މުޅި ރޯދަމަހަށް ބަލާއިރު ގޮއިދޫ ދަނޑުތަކުން އެއްލައްކަ ކިލޯއަށްވުރެ ގިނަ ކަރާ ބާޒާރަށް ނެރޭނެ އެވެ. އަދި މިހާރުވެސް ކަރާ ގިނަ އަދަދަކަށް ބޭރު ކުރަމުންދާކަމަށާއި، ރަމަޟާންމަހުގެ މެދުތެރެއާއި، ފަހުކޮޅުވެސް އެރަށުން ކަރާ ލިބޭ އަދަދު އިތުރުވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަރަލުން އެކަނިވެސް އެރަށުގެ ދަނޑުވެރިންނަށް މިރޯދަމަހު ދެމިލިޔަނެއްހާ ރުފިޔާ ލިބޭވަރުވާނެ އެވެ.

އާމިރު ވިދާޅުވީ ކަރާގެ އިތުރުން ގިތެޔޮ މިރުހާ ކިޔުކަންބާ އަދި ބައްޓާ، ބަރަބޯވެސް މިއަހަރު ގިނަ އަދަދަކަށް ބާޒާރަށް ނެރެވޭނެ ކަމަށެވެ.

ހަތްސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ގޮއިދުއަކީ މީގެ ފަނަރަ ވަރަކަށް އަހަރުކުރިން ފެށިގެން ފުޅާ ދާއިރާއެއްގައި ކޮންމެ އަހަރަކުވެސް ރޯދަމަހަށް ކަރާ ހައްދަމުން އަންނަ ރަށެކެވެ. ގޮއިދޫގެ އިތުރުން މިއަތޮޅު ކިހާދޫގައިވެސް ކޮންމެވެސްވަރަކަށް މިއަހަރު ދަނޑު ހައްދާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.