އޮންލައިންކޮށް ކިޔަވައި ދިނުމަށް އުރީދޫން ހާއްސަ ޑޭޓާ އެލަވަންސެއް ދެނީ

ސްކޫލު ކުދިންނަށް އޮންލައިންކޮށް ފަސޭހަ ކަމާ އެކު، ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެޑިއުކޭޝަނަލް އިންޓިޓިއުޝަންތަކަށް އުރީދޫން ވަނީ ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

އުރީދޫން ބުނިގޮތުގައި މި ހާއްސަ ހިދުމަތަކީ ދަރިވަރުންނާއި ޓީޗަރުންގެ ތެރެއިން އުރީދޫގެ ޕްރިޕެއިޑް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ހިދުމަތެކެވެ.
އެގޮތުން އެ ޚިދުމަތުގެ ދަށުން ގޫގްލް ކްލާސްރޫމްގެ މޮބައިލް އެޕްލިކޭޝަން ފަދަ ޚިދުމަތްތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ އެ ޚިދުމަތް ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން އުރީދުއަށް ފޯރުކޮށްދޭ ލިސްޓުގައި ހިމެނޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ.

މީގެއިތުރުން ކޮރޯނާ ވައިރަސް ރާއްޖެއިން ފެނި ބިރުވެރި ހާލަތެއްގައި ގައުމު އޮތް މިދަނޑިވަޅުގައި ލުޔެއް ދިނުމަށްޓަކައި އުރީދޫގެ ޕްރިޕެއިޑްގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ ދިނުމަށް ވެސް މިއަދު އެ ކުންފުނިން ވަނީ ނިންމާފައެވެ.

އުރީދޫން ބުނީ މިފަދަ ބަދަލެއް ގެނައީ އާންމުންނަށް ޑޭޓާ ބޭނުން ކުރުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން މޯބައިލް، ފައިބާ، ވަޔާލެސް ބްރޯޑްބޭންޑް ބިލްތަކަށް ފައިސާ ނުދެއްކިޔަސް ޚިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މީގެއިތުރުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ބޯނަސް ޑޭޓާ ދޭން ވެސް އުރީދޫން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.