ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އެޑްއޮންތަކުން ދެ މަހަށް 50 ޕަސެންޓް ޑިސްކައުންޓް

ދިރާގު ހެޑް އޮފީސް. ޕަވާ ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ވަނީ ފަށައިފައި.- ފޮޓޯ/ ދިރާގު

ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން %50 ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވާތީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

ދިރާގުގެ މޯބައިލް އެޕްލިކޭޝަން އަދި ދިރާގު ވެބްސައިޓުގައިވާ “މައި އެކައުންޓް” ހިދުމަތް ވެދުވެރިކޮށް އެޑްއޮންތައް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް  މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.