ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފި

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަންވަނީ މަޖުބޫރު ވެފައިއެވެ. އެގޮތުން އާންމުކޮށް ކަންތައްތައް ކުރާ ގޮތާ ހިލާފަށް އިތުރު އެހެން ގޮތް ގޮތް ހޯދަން މިހާރު ވަނީ ޖެހިފައިއެވެ. މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ދަނީ ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަކެއްޗެވެ. ސަބަބަކީ، މި ތަކެއްޗަކީ އެތައް ބައެއްގެ އަތްމަތިން ދައުރުވާ ތަކެއްޗަށްވުމުންނެވެ. ވުމާއެކު، ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން ވަނީ އިތުރަށް ޖެހިފައިއެވެ.  

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށްވަނީ ފަށާފައިއެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހު ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔުއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައިއެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފައިއެވެ.

 ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގުން ދަނީ އިތުރު ވިޔަފާރިތައްވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމަ މިއާއެކު، މި ޑިޖިޓަލް ޚިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ.  

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށްވެސް ވާކަށް ނުޖެހޭނެއެވެ.

ދިރާގުގެ ހުރިހާ ޚިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައިއެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްސް ބޭނުންކުރަމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ. 

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.